2014 ވަނަ އަހަރު ބޯހިމަނަން ނިންމައިފި

ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން، 2014 ވަނަ އަހަރު ބާއްވަވާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓު ބުނާގޮތުން މިކަން މިގޮތަށް ނިންމީ، އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގައި ބޯހިމެނުމެއް ބޭއްވިފައި ނުވާތާ ގިނަ ދުވަސްތަކެއްވެފައި ވުމާއެކު، ބޯހިމެނުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ 2014 ވަނަ އަހަރު ބޯހިމަނާއިރު ބޯހިމެނުމުގެ ކަންތައްތައް މައިގަނޑު ގޮތެއްގައި ގެންދާނެ އުޞޫލުތަކާ ބެހޭގޮތުންވެސް އިއްޔަގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވި އެވެ.

1985 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޯހިމަނަމުން ގެންގޮސްފައިވަނީ، 5 އަހަރުން 1 އަހަރުއެވެ. 2006 ވަނަ އަހަރުގެ ފަހުން މިވޭތުވެދިޔަ 6 އަހަރު ބޯހިމަނާފައެއް ނުވާކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ފަހުގެ