ވައުދުގެ ދަތުރުން ފެނިގެންދިޔައީ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގިނަމަޝްރޫތައް ހުއްޓިފައިވާތަން: އިލްޔާސް ލަބީބު

ވައުދުގެ ދަތުރުން ފެނިގެންދިޔަ ހިތާމަވެރި މަންޒަރަކީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދިޔަ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ފަށާފައިވާ މަޝްރޫޢުތައް ހުއްޓިފައިވާތަން ކަމަށް މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް މިހާރު އޮތް ހިސާބު ވައުދުގެ ދަތުރުން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ ކަމަށެވެ.

“ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުން ރައްޔިތުންނަށް ފައިދާ ލިބެމުންދިޔަ ކަންކަން މިހާރު ހުއްޓާލާ އެޚިދުމަތް ތަކުން ވަކި މީހަކަށް ވަކިބަޔަކަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރަމުންދާތަން ފެންނަނީ” އިލިޔާސް ލަބީބު ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ފަޅުރަށްތައް ޕާޓީގެ މީހުންނަށް ބަހަނީ ކަމަށް މިހާރުގެ ސަރުކާރުގައި ތިއްބެވި ފަރާތް ތަކުން ވިދާޅުވެފައިވާ އިރު މިހާރު އެ ފަޅުރައްތައް ވިއްކައިގެން އެފައިސާ ޚަރަދު ކުރަނީ ސިޔާސީ ބޭނުންތަކަށް ދަތުރު ކުރުމަށް ކަމަށެވެ.

މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު ވިދާޅުވީ އެމްޑީޕީން ކުރި ވައުދުގެ ދަތުރުގައި އެޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާ ދެވިފައިވާ މިންވަރާއި އެކަންކަން ރައްޔިތުން ބަލައިގަންނަ މިންވަރު ވަރަށް ބޮޑަށް އެގިގެން ހިނގައްޖެ ކަމަށެވެ.

އަދި މިދަތުރުގައި އެޕާޓީގެ މެންބަރުން މަޑުކޮށްލި ކޮންމެ ރަށަކުންވެސް ޕާޓީއާއި މީހުން ގުޅެމުންދިޔަ ކަމަށާއި ޕާޓީއަށް އޮތް ތަރުޙީބު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ޝީފާ ވިދާޅުވި އެވެ.

“ގިނަބަޔަކު ޕާޓީއާއި ގުޅެމުންދަނީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުން ބަލައިގަންނަ ކަންތައްތަކެއް ކޮށްދެވިފައިވާތީ” ޝިފާ ވިދާޅުވި އެވެ.

ފަހުގެ