އަދިވެސް ފެންނަމުންދަނީ ޑެފިސިޓް އިތުރުވަމުންދާތަންކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފި

މިއީރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަންވީ ދަނޑިވަޅު ނަމަވެސް އަދިވެސް ފެންނަނީ ދައުލަތުގެ ޑެފިސިޓު އިތުރުވަމުންދާތަން ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފި އެވެ

އެ ޖަމިއްޔާއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞޯދު ރަނގަޅުކުރުމަށްޓަކައި، ދައުލަތުގެ ހަރަދުތައް އަދިވެސް ކުޑަކުރަންޖެހޭކަމަށެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނީ، ދައުލަތުގެ ޑެފިސިޓް ކުޑަކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތައް އެޅިގެން ނޫނީ، ރާއްޖޭގެ އިޤްތިޞޯދު މިހާރުއޮތް ހާލަތުން އަރައިގަނެވެން ނެތްކަމަށެވެ.

ދައުލަތުގެ ޑެފިސިޓް މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހުގެ ނިޔަލަށް ދެ ބިލިއަން ރުފިޔާއަށްވުރެ މައްޗަށްގޮސްފަ އެވެ. މަޖިލީހުގެ ހުއްދައަކާއި ނުލައި ދައުލަތުގެ ބަޖެޓް ސަޕޯޓުގެ ގޮތުގައި 300 މިލިއަން ރުފިޔާގެ ލޯނެއް ބޭންކް އޮފް މޯލްޑިވިސް އިން ނަގާފައިވާ މައްސަލައެއްވެސް މިހާރުވަނީ ފެންމަތިވެފަ އެވެ.

 

ފަހުގެ