ރައީސް ނަޝީދުގެ އޮފީސް ހުންނަތަން ނޭގޭ ކަމަށްބުނެ އޮފީސް ހަރަދި ދިނުން ހުއްޓައިލައފި

ކުރީގެ ރައީސް  މުހައްމަދު ނަޝީދުގެ  އޮފީސް ހުންނަތަން ނޭގޭކަމަށް ބުނެ ފިނޭންސް މިނިސްޓަރީން އެމަނިކުފާނަށް އޮފީސް ހަރަދު ދިނުން ހުއްޓާލައިފި އެވެ.

މިކަމާގުޅިގެން ފިނޭންސް މިނިސްޓަރީން ބުނެފައިވަނީ ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތާއި ރައްކާތެރިކަމުގެ ތެރެއިން ދެމުންދިޔަ އޮފީސް ހިންގުމުގެ ޚަރަދަށްވާ ފައިސާ ނުދީ މަޑުޖައްސާލަފައިވަނީ ނަޝީދު އޮފީސް ހިންނަވާ ތަނެއް އެނގިފައިނެތުމާއި، އެކަމުގައި ދިމާވި އުސޫލީ މައްސަލަތަކެއްގެ ސަބަބުންކަމަށެވެ. އަދި މިފައިސާތައް ދިނުން ހުއްޓާލާފައިވާތާ ތިން މަސްދުވަސްވެފައިވާކަމަށްވެސް އެ މިނިސްޓަރީން ބުނެ އެވެ.

ރައީސް ނަޝީދުގެ އޮފީސް ހުންނަތަން ހޯދުމަށް ފިނޭންސް މިނިސްޓަރީން ސިޓީއެއް ފޮނުވާފައިވާކަމަށާއި، ނަމަވެސް އެ ސިޓީގެ ޖަވާބު އަދިވެސް ނުލިބޭކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިފަހުން ސަރުކާރުން އެމަނިކުފާނަށް އެކި ގޮތްގޮތުން ފިއްތުއްތައްކޮށް ދުއްތުރާ ކުރަމުން އަންނަކަމަށް އެމްޑީޕީން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ފަހުގެ