އެމްޑީޕީން މަސައްކަތްކުރަނީ ސަލާންޖެހުން ނައްތާލަން: ނާޒިމް

މުއްސަނދިން ފަހަތުން ސަލާން ޖެހުމުގެ ސަގާފަތެއް ރާއްޖޭގައި އޮތް ކަމަށާއި އެމްޑީޕީން މަސައްކަތް ކުރީ އެ ސަގާފަތް ނައްތާލަން ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިއްޔެ  އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހި ރައްޔިތުންނަށް ދޭން ފަށާފައިވާ ހެލްތް އިންޝުއަރެންސް އާސަންދަ ކުރިއަށް ގެންދެވޭނެ ކަމާމެދު ސުވާލުއުފެދި ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ފަޅު ހެދުމާއި ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަޝްރޫއުތަށް ކުރިއަށް ގެންދެވޭނެ މަގެއް ނެތުމާއެކު ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ކުރާ ހޭދަ ހުއްޓާލުމުގެ ގަރާރަށް ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އެމްޑީޕިގެ ވެރިކަން ވައްޓާލީ ނިކަމެތި ރައްޔިތުން މުއްސަނދިންގެ އަތުން ވީއްލި ގިނަ ރައްޔިތުން ތަކެއް ފުދުންތެރި ބަޔަކަށް ވެދާނެތީ އެކަން ބަޔަކަށް ހަޖަމް ނުކުރެވިގެން ކަމަށެވެ.

އެމްޑީޕީން ފެއްޓެވި އާސަންދަ ނިޒާމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އާސަންދަ ނިޒާމަކީ ވަކި އެމްޑީޕީ މެމްބަރުންނަށް ފައިދާވި ނިޒާމެއް ނޫން ކަމަށާއި އެއީ މުޅި ދިވެހި ރައްޔިތުންނަށް ފައިދާވި ނިޒާމެއް ކަމަށެވެ.

އާސަންދަ ނިޒާމް މި ސަރުކާރުން ހުއްޓާލުމުގެ ސަބަބުން އެކަމާ އުފާވި އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ މި ސަރުކާރަށް ނުވަމަސްދުވަސްވިއިރު ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށާއި، ފެންނަނީ އެމްޑީޕީން ފަށާފައިވާ ޕްރޮޖެކްޓްތަށް ހުއްޓުމަކަށް ގެނެސްފައިވާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ފަހުގެ