ކޮސްޓާ ކޮންކޯޑިއާގެ ސިއްރުތަށް ހާމަކުރުމަށް ތައްޔާރުވަނީ

މި އަހަރުގެ ޖެނުއަރީ މަހުގައި ފަރަށް އެރުމުގެ ސަބަބުން 32 މީހުން މަރުވެގެން ދިޔަ އިޓަލީގެ ކޮސްޓާ ކޮންކޯޑިއާ ބޯޓުގެ ކަޅު ފޮށީގައިވާ މައުލޫމާތު ހާމަކުރުމަށް އެގައުމުގެ ތަޖްރިބާ ކާރުން ތައްޔާރުވަމުން އެބަދެއެވެ.

ކަޅު ފޮށީގައިވަ މައުލޫމާތުތަކަށް ރިއާޔަތްކޮށް، މިމައްސަލަ އާއި ގުޅިގެން ކޮސްޓާ ކޮންކޯޑިއާ ބޯޓުގެ ކެޕްޓަންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމާއި ބެހޭ ގޮތުން ފަނޑިޔާރެއް ގޮތެއް ނިންމަންވެސް ވަނީ ހަމަޖެހިފައެވެ. ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މައްސަލައިގެ އަޑުއެހުމަށް ބޯޓުގެ ކެޕްޓަން، ފްރެންސެސްކޯ ޝެޓީނޯ ހާޒިރުވުމަށް ވަނީ ހަމަޖެހިފައެވެ.

އޭނާގެ މައްޗަށް ޒިންމާއުފުލުމުގައި އިހްމާލުވުމުގެ އެތައް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އޭނާ ވަނީ މިތުހުމަތު ތަކާއި ދެކޮޅުހަދާ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.

ފަހުގެ