ރައީސް ނަޝީދުގެ ހަތަރު ވަކީލުނަށް ވަކާލާތު ނުކުރެވޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރު ދެ ވަކީލަކަށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގައި ވަކާލާތު ނުކުރެވޭނެކަމަށް އަންގައިފި އެވެ. އެ ދެވަކީލުންނަކީ ހަސަން ލަތީފާއި އަހުމަދު އަބްދުﷲ އަފީފު ކަމަށް ޖުޑީޝަރީން ބުނެ އެވެ.

“އަހުމަދު އަބްދުﷲ އަށް ވަކާލާތު ނުކުރެވެނީ ސްޕްރީމް ކޯޓުން ނެރެފައިވާ އިގްރާރުގައި ސޮއިކޮށް ކޯޓުގައި ރަޖިސްޓްރީވެފައިނުވާތީ.” ހަސަން އަށް ވަކާލާތު ނުކުރެއްވެނީ އޭނާ އަކީ އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިއަކަށް ވާތީ ކަމަށް ޖުޑީޝަރީން ބުނެ އެވެ.

މީގެ އިތުރުންވެސް އިނގިރޭސިވިލާތުން ރައީސް ނަޝީދުގެ ޓީމާއި ގުޅިވަޑައިގެންފައިވާ ދެ ވަކީލުންނަށްވެސް ހުޅުމާލޭ ކޯޓުގައި ވަކާލާތު ނުކުރެވޭނެކަމަށް ވަނީ އަންގާފަ އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުގައި ދެން ހިމެނެނީ ހިސާން ހުސައިނާއި، އަބްދުﷲ ޝާއިރެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާއަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރީ ގާނޫނާއި ހިލާފަށްކަމަށްބުނެ ކުރާ ދައުވާ އެކެވެ.

މިދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، އެމްޑިޕީންވަނީ ކޯނީގެ ރިޕޯޓުގައި ބުނެފައިވާ އިސްލާހުތައް ޝަރުއީ ދާއިރާއަށް ނުގެންނަނީސް އެއްވެސް ކޯޓެއް އެ ޕާޓީން ބަލައި ނުގަންނާނެ ކަމަށް ނުނެފައެވެ.

ފަހުގެ