ސިފައިންގެ ހަމަލާއަށްފަހު މޮރިޓޭނިއާގެ ރައީސްގެ ހާލު އަންނަނީ ރަނގަޅުވަމުން

މޮރިޓާނިއާގެ ރައީސް މުހައްމަދު އުލްދު އަބްދުލް އަޒީޒަށް އެގައުމުގެ ސިފައިން ދިން ބަޑީގެ ހަމަލާއަށްފަހު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރުދުވަހު މޮރިޓާނިއާގެ ވެރިރަށް، ނޮއުއާކޮޓް ގައި، އެގައުމުގެ ރައީސް އަބްދުލް އަޒީޒް ހާލުރަނގަޅުވަމުން އަންނަކަމަށް، އޭނާ ވިދާޅުވެފައިވަނީ، އޮޕަރޭޝަނެއް ކުރުމަށްފަހު އިތުރުފަރުވާ ހޯދުމަށް، ޕެރިހަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

“ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑު ބުނެލަން ބޭނުންވަނީ ރޭގައި އަޅުގަނޑެ ކުޅާދާނަ މެޑިކަލް ޓީމުން ކުރި އޮޕަރޭޝަނަށްފަހު އަޅުގަނޑުގެ ހާލުރަނގަޅުވަމުން އަންނަކަން.” އެގައުމުގެ ގައުމީ ޓީވީ ޓެލެވިޒަން މޮރިޓާނިއާ (ޓީވީއެމް) އަށް ދެއްވި ބަސްދީ ގަތުމެއްގައި އޭނާ ވިދާޅުވި އެވެ.

މޮރިޓާނިއާގެ ސަރުކާރުން ބުނެފައިވަނީ، އަބްދުލް އަޒީޒަށް ދީފައިވާ ހަމަލާއަކީ، އޮޅިގެން ދެވިފައިވާ ހަމަލާއެއްކަމަށާއި، ސިފައިން އޭނާގެ ކާރުކޮޅަށް ބަޑި ޖަހާފައިވަނީ އޮޅުމެއްގެ ތެރޭގައިކަމަށެވެ. އަދި އޭނާއަށް އެހަމަލާގެ ސަބަބުން ލިބިފައިވަނީ ކުޑަ އަނިއާއެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.

“އެއީ އޮޅުމެއްގެ ތެރޭގައި ދީފައިވާ ހަމަލާއެއް. ސިފައިންނަށް ރައީސްގެ ކާރުކޮޅުވަކިކުރަން ނޭގުނީ” މޮރިޓޭނިއާގެ ކޮމިއުނިކޭޝަން މިނިސްޓަރ ހާމިދް މަހުޖޫބް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ވަޒަން އަރާފައިވަނީ، އަބްދުލް އަޒީޒުގެ އަތަށާއި، ބަނޑަށެވެ. (އަލްޖަޒީރާ)

ފަހުގެ