ގައުމީ ޕާޓީން ރިޔާޒް ވަކިވެވަޑައިގެންފި

ގައުމީ ޕާޓީގެ ނައިބު ރައީސް އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ
ގައުމީ ޕާޓީންވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާ އެ ޕާޓީން ވަކިވެފައިވަނީ ކީއްވެކަމެއް ގައުމީ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް  އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ރިއާޒު ރަޝީދު ގައުމީ ޕާޓީން ވަކިވި ކަން މަޖިލީހަށް އަންގަވާފައި ނުވާކަމަށެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ގައުމީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރގެ ނަމުގައި ރިޔާޒް ރަޝީދު މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ނެންގެވި ނިޒާމީ ނުކުތާއަށް ޖަވާބް ދެއްވަމުންނެވެ.
ރިއާޒު ރަޝީދަކީ މަޖިލީހުގައި ގައުމީޕާޓީ ތަމްސީލުކުރާ ހަމައެކަނި މެންބަރެވެ.

 

ފަހުގެ