މިފްކޯއަށް މަސް ކިރާ މިންވަރު ތިން ގުނަ ދަށަށް

F1

މިއަހަރުގެ މިހާތަނަށް މިފްކޯއަށް ކިރާފައިވަނީ 28،951 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 43،735 މެޓްރިކް ޓަނުގެ ތަފާތެކެވެ.

މިފްކޯއިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން، އެ ކުންފުނިން މަސް ކިރުމަށްފަހު އޮޑިވެރިންނަށް ދައްކަން ޖެހޭ 9.1 މިލިއަން ރުފިޔާ އެބައޮތެވެ. މިއީ 331 ދޯންޏަކަށް ދޭންޖެހޭ ފައިސާގެ އަދަދެވެ. މިފްކޯއިން ބުނީ މި ފައިސާ ވީއެންމެ އަވަހަކަށް ހޯދައިގެން މި ހަފުތާގައި އޮޑިވެރިންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފްކޯއިން އިތުރަށް ބުނީ މި ފައިސާ ނުދެއްކި ލަސްވަނީ މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރަކަށް ވުމާއެކު ކުންފުނީގެ މާލީ ހާލަތު ވެސް ދަށްކޮށް އޮތުމުންނެވެ. ނަމަވެސް މި ހަފުތާގައި އޮޑިވެރިންނަށް ފައިސާ ޖަމާކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް މިފްކޯއިން ބުންޏެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މަސް ކިރާ މިންވަރު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިސާލަކަށް، މިދިޔަ އަހަރުގެ އޮކްޓޫބަރުގައި 8،660 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު، މި އަހަރުގެ އޮކްޓޫބަރުގައި ކިރާފައިވަނީ އެންމެ 836 މެޓްރިކް ޓަނުގެ މަހެވެ. މި ހާލަތު ރަނގަޅުކުރުމަށް މިފްކޯއިން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަހުގެ