ޝަހީދު އާދަމް ހަލީމް ގެ ތައުބީނުގެ ޖަލްސާ ބާއްވައިފި

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ މާލެއަތޮޅު ކާށިދޫގައި ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް ވަޅިއަކުން ހަމަލާދީ ޝަހީދު ކޮށްލި ލާންސް ކޯޕްރަލް އާދަމް ހަލީމުގެ ތައުބީނުގެ ޖަލްސާ އިއްޔެ ކާށިދޫގައި ބާއްވައިފި އެވެ.
ކާށިދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ޝަހީދު އާދަމް ހަލީމަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލާއި މަގާމުގެ ކުރިއެރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. މެޑެއްޔާއި މަގާމުގެ ކުރިއެރުމާއި ހަވާލުވެ ވަޑައިގެންނެވީ ސާޖެންޓް އާދަމް ހަލީމްގެ ބައްޕަ އަހްމަދު ހަލީމެވެ. ގިނަ އަދެދެއްގެ ފުލުހުން ބައިވެރި އެ ޖަލްސާގައި އާދަމް ހަލީމަށް ލިބޭ އިނާޔަތްތަކުގެ ލިޔުމާއި ފުލުހުންގެ ފެމެލީ އެސޯސިއޭޝަނުން ދޭ ރަމްޒީ އެހީވެސް ޝަހީދު އާދަމް ހަލީމްގެ ބައްޕަ އާއި ވަނީ ހަވާލުކޮށްފަ އެވެ.
އިއްޔެގެ ޖަލްސާގައި ރައީސް ވަހީދުގެ އިތުރުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ހޯމް މިނިސްޓްރީގެ ބައެއް ސްޓްޓޭޓް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މާލެއަތޮޅު އަތޮޅު ކައުންސިލް މެންބަރުންނާއި އެ ރަށު ކައުންސިލް މެންބަރުން ބައިވެވަޑައިގެންނެވިއެވެ.

ފަހުގެ