"ސުޕްރީމް ކޯޓު އުޅެނީ މާފިޔާ ހެދިގެން"

ސުޕްރީމް ކޯޓުން މަސައްކަތްކުރަނީ މާފިޔާއެއްގެ ގޮތުގައި ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިންތިޔާޒް ފަހުމީ، އިންތި ވިދާޅުވެއްޖެއެވެ.

އިންތި ވިދާޅުވީ ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރު ޣައިރު ގާނޫނީ ގޮތުން ކަނޑުވާލާއި މާފިޔާއެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.ނަމަވެސް އެ ފުރުސަތު 19 ވަނަ މަޖިލީހުން ދީގެން ނުވާނެ ކަމަށެވެ.

"މާފިޔާއެއްގެ ގޮތުގައި މަސައްކަތްކޮށް މަޖިލީހުގެ ބާރު ކަނޑުވާލާއި ރައްޔިތުންގެ ހައްގުތަކަށް އަރާގަނެފަ ވަނީ،" އިންތި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރު ތަކަށް އަރައިގަންނާތީ ރިޔާސަތު ގެ ފަރާތުން ހުށަހެޅި މައްސަލައަށް ބަހުސްކުރައްވަމުން އިންތި ވިދާޅުވީ ސުޕްރީމް ކޯޓުން މީގެ ކުރިން ޖޭއެސްސީ ނޫން އެހެން މުއައްސަސާތަކުގެ ބާރު ވެސް ކަނޑުވާލާފައިވާކަމަށެވެ.

އެގޮތުން އިންތިހާބުތައް ބާތިލުކުުން ފަދަ ކަންކަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ ގެ މުގައްރިރުކަން ވެސް ކުރައްވާ އިންތި ފާހަގަކުރެއްވިއެވެ.

މަޖީލުގެ ބާރުކަނޑުވާލުމަށް ސުޕްރީމް ކޯޓުން މަސައްކަތްކުރާތީ މައްސަލައެއް ހުށަހެޅިފައި މިވަނީ ސުޕްރީމް ކޯޓުން އެ ކޯޓުގެ ފަނޑިޔާރުންގެ ދިފާޢުގައި ދެ އަމުރެއް ނެރެފައި ވަނީ ކޮށެވެ. ސުޕްރީމް ކޯޓުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ގެ ދިފާޢުގައި ނެރުނު އަމުރު އިއްޔެ މަޖިލީހުން ވަނީ ބާތިލުވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު