ހައުޑިގަލާ “ވިއްކާލި” މައްސަލަ އޭސީސީއަށް

Haudi Gala

ގދ އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ގދ ހައުޑިގަލާ “ވިއްކާލި” ކަމަށްބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމިއްލަ ފަރާތަކުން ހުށަހަޅައިފިއެވެ.

މިގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ, ހެރިޓޭޖް މިނިސްޓްރީން ގދ ހައުޑިގަލާ އެއަތޮޅު ކައުންސިލާއި ހަވާލުކުރީ އިތުރުފަރާތަކަށް މަންފާއެއްވާގޮތަށް އެއްވެސްކަމެއް ނުކުރުމަށް ޝަރުތުކޮށްކަމަށެވެ.

ނަމަވެސް ގދ އަތޮޅުގެ ކައުންސިލްގެ ރައީސް ހަސަން ފައިހަތް ގުދުރަތުالله ވަނޫ ޔޫމެޓް ސްޓޭ ކިޔާ ޓޫރިސްޓު ވިޔަފާރިކުރާ ކުންފުންޏަކަށް އެރަށްވިއްކާލާފަ, -އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފިވޭ–

އެ މައްސަލައިގައި ބުނެފައިވަނީ އެ ރަށް “ވިއްކައިލައިގެން ލިބުނު ފައިސާ” ވަނީ ކައުންސިލަށް ނުވަދެ ފައިހަތުގެ އަތަށް ނަގުދު ފައިސާގެ ގޮތުގައި ވަދެފައިކަމަށެވެ.

މި މައްސަލައިގައި އޭސީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މި މައްސަލައިގައި “ހައިޑިގަލާ ބެލެހެއްޓުމަށް މުވައްޒަފުން ފޯރުކޮށްދިނުމަށް ވެވޭ އެއްބަސްވުން” ނަމުގައި ހަދާފައިވާ އެއްބަސްވުމެއްގެ ކޮޕީ ވަނީ މި ނޫހަށް ލިބިފައެވެ.

މި އެއްބަސްވުން ހަދާފައިވަނީ ކައުންސިލާއި, ގދ ތިނަދޫ ޝާނާވިލާ މުހައްމަދު ޝާހު އާއިދެމެދުއެވެ.

އެއްބަސްވުމުގައި ބުނާގޮތުން އެރަށް ބެލެހެއްޓުމަށް ދެ މުވައްޒަފުން ހޯދުމަށް އިއުލާނުކުރީ ބިޑުކުރާގޮތަށެވެ.

މި މައްސަލައިގައި ގދ އަތޮޅުގެ ރައީސް ރަށްވިއްކާލައި ނަގުދު ފައިސާ ނެގިކަމަށް ބުނާ މައްސަލަ އޭސީސީން ބަލަން ފަށާފައިވާކަން ސާފުވާނީ އެ ކޮމިޝަނުގެ ބަހެއް ލިބުމުންނެވެ.

ފަހުގެ