ފޭސްބުކްގެ ސްޓޮކް ޕްރައިޒް ވެއްޓިއްޖެ

މަޝްހޫރު ސޯޝަލް ނެޓްވޯރކް، ފޭސްބުކްގެ ސްޓޮކް ޕްރައިޒް ތާރީހުގައިވެސް ދަށަށް ނުދާވަރަށް ވެއްޓިއްޖެ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

ފޭސްބުކްގެ މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ރިޕޯޓުތަށް ދައްކާގޮތުން 11.3 އިންސައްތައިގެ ވެއްޓުމެއް ފޭސްބުކް ސްޓޮކަށް ވަނީ ކުރިމަތިވެފައެވެ. ސްޓޮކް މާރކެޓް ދިރާސާ ކުރާފަރާތް ތަކުން ލަފާ ކުރާގޮތުގައި މިކަމުން އަރައިގަންނަން ދުވަސްތަކެއް ނަގާނެއެވެ.

ފޭސްބުކަށޤ ކުރިމަތިވި ބޮޑު ގެއްލުމުގެ އަސަރު އެކުންފުނީގެ ފައުންޓަރ މާރކް ޒަކަރބާރގއަށްވެސް ވަނީ ކޮށްފައެވެ. އެގޮތުން މިދިޔަ ބުދަދުވަހުން ފަށައިގެ މިހާތަނަށޤ މާރކްއަށް 3 ބިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މިއަހަރުގެ ކުރީކޮޅުގައި އާންމުކޮށް ހިއްސާ ވިއްކަންފެށި ފޭސްބުކްގެ ހިއްސާގެ އަގު މިހާރު ވަނީ ޖުމްލަ 40 އިންސައްތަ ދަށަށް ވެއްޓިފައެވެ.

ފަހުގެ