ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިންގޭ ޙަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ޕީޕީއެމް އިން މަގުމައްޗަށް!

ސަލާމަތީ ބާރުތަކާއި ދެކޮޅަށް އެމްޑީޕީން ހިންގާ ޙަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން ސިލްސިލާ އެއްވުންތަކެއް ބޭއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމުން) ނިންމައިފި އެވެ.

ޕީޕީއެމްއިން ހާމަކުރާ ގޮތުގައި ފުލުހުންނާއި ސިފައިންނަށް އަމާޒުކޮށް ދެވޭ ޙަމަލާތަކާއި ކުރެވޭ ފުރައްސާރަތައް އިތުރުވެފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޕީޕީއެމްއިން ފަށާ ސިލްސިލާ އެއްވުންތައް މާދަމާރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއެއްވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ އަދި ރޯދަ މަހަށްފަހު ކޮންމެ ހަފުތާއަކު ތިން ރޭ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ކަމަށް އެޕާޓީން ބުނެއެވެ.

 މިއީ ސަލާމަތީ ބާރުތަކާ ދެކޮޅަށް ދެވޭ ޙަމަލާތައް އިންތިހާއަށް އިތުރުވެ ޤައުމު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާއިރުވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މިކަން ޙައްލުނުވެ ލަސްވާތީ ކުރިއަށް ގެންދަން ރާވާފައިވާ އެއްވުންތަކެއް ކަމަށް މަޢުލޫމާތުލިބެއެވެ.

ފަހުގެ