ވޯޓު ނުލައި, ތ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ކެނޑިޑޭޓު އިންތިހާބުކޮށްފި

367040251 683362277150874 849879752454433924 N

އިލެކްޝަންސް ކޮމިޝަނުން ބުނީ, 2023 ޑިސެންބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތ. ގުރައިދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ. މާނައަކީ އިންތިހާބަށް ކުރިމަތި ލެއްވީ އެންމެ ބޭފުޅެކެވެ.

އެ މަގާމަށް ވޯޓުނުލައި އިންތިހާބުވެ ވަޑައިގެންފައިވަނީ, ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެނެޑިޓޭޓު, ތައުފީޤް ޢަލީ އެވެ.

“ވީމާ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް [ ތައުފީޤް ޢަލީ] އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަން,” އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސްއާއި ނައިބު ރައީސްގެ މައްސަލަ ވަނީ ޕީޖީއަށް ފޮނުވާފަ:

ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތ. ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން އަހްމަދު އާއި ނައިބު ރައީސް މުހައްމަދު ސަރާހަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މި އަހަރުގެ މާޗު މަހުގެ ތެރޭގައި ވަނީ ފޮނުވާފައެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ.ގުރައިދޫ ކައުންސިލުން ޢަމަލުކުރަމުންއައި އުޞޫލާއި ޚިލާފަށް އިޢުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި މިދެމީހުން ވަނީ ސޮއިކޮށްފައެވެ.

ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސާއި، ނައިބް ރައީސްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.

ފަހުގެ