މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ލަންކާގެ ރައީސް ރަނިލް ރާއްޖެއަށް

Ap19303270399245

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް މިއަދު ލަންކާގެ ރައީސް ރައީސް ރަނިލް ވިކްރަމަސިންހު ރާއްޖެއަށް ފުރާ ވަޑައިގެންފައިވާކަމަށް ލަންކާ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ރަނިލް ރާއްޖެ ވަޑައިގެންނެވީ މިއަދު ހަވީރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެއަށް އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިނުގަންނަވަން ވަނީ ނިންމަވާފައެވެ. މޯދީގެ ބަދަލުގައި އެ ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާނީ އިންޑިއާގެ ޔޫނިއަން މިނިސްޓަރެވެ.

އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު 22.9 މިލިއަން ރުފިޔާއަށް، ސިވެކް ކުންފުންޏާ ރައްޔިތުންގެ މަޖިލީހުން ވަނީ ހަވާލުކޮށްފައެވެ. 

މަޖިލީހުން ބުނެފައިވަނީ ސިވެކް އާ މަސައްކަތް ހަވާލުކުރީ ޓެންޑަރު ބޯޑުން ކަމަށެވެ. 

މުޅި ރަސްމިއްޔާތުގެ އިވެންޓު މެނޭޖުކުރާނީ ސިވެކްއިންނެވެ. އޭގެ ތެރޭގަ ކޭޓަރިން ވެސް ހިމެނެއެވެ. 

ދައުވަތުގެ ތެރޭގައި ބޭރުގައުމުތަކުގެ ނޫސްވެރިންނާ، ސަފީރުންނާއި ގައުމުތަކުގެ އިސްވެރިން ހިމެނެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއްގަ ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަރީޒު ނަރެންދުރާ މޯދީއަށް ވެސް ދައުވަތު ދެއްވާނެކަމަށެވެ.  

ފަހުގެ