މިވަގުތު ކުރަން އޮތް އެންމެ މުހިންމުކަމަކީ އަމީރު ޝަރީއަތަށް ފޮނުވުން: ރައީސް ނަޝީދު

063431 261932 3 1 B 6826 D 9 A 733 E 004 Cc 7 B 4182 E 6 Df 351 D 6 E 8 C 3 E 45

މިވަގުތު މަޖިލީހުގައި ކުރަން އޮތް އނެމް މުހިންމު މަސައްކަތަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޝަރީއަތަށް ފޮނުވުންކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ, މާލިއްޔަތު ގާނޫނުގައި ދައުލަތުގެ ބަޖެޓު ހުށަހަޅަން އޮތް ދުވަހަށް އަމީރު މަޖިލީހަށް ވަޑައިގެން ބަޖެޓު ހުށަނާޅުއްވާކަމަށެވެ.

“މާލީވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން. އިއްޒަތްތެރި ރައީސްއަށް އެނގިވަޑައިގަންނަވާނެ މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް އެބަ ބަޔާންކުރޭ ބަޖެޓުހުށަހަޅަންވީ ދުވަސްތައް,” ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

އެމަނިކުފަނު ވިދާޅުވީ މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ދުވަސް ފަހަނައަޅައި ދިޔައިރުވެސް ފިނޭންސް މިނިސްޓަރު ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަނާޅުއްވާކަމަށެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓު ހުށަނާޅާ އެކަން އެކިގޮތްގޮތައް މަޖިލީހުގައި އަނބުރަމުން ގެންދަނީ ސިޔާސީ ބޭނުމަށްކަމަށެވެ.

މާލިއްޔަތު ގާނޫނު ބުނާގޮތުން ކޮންމެ ނޮވެމްބަރު މަހެއްގެ 1 ވަނަ ދުވަހުގެ ކުރިން އަންނަ އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

ނަމަވެސް ދެ ފަހަރެއްގެ މަތިން މަޖިލީހުން ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް އެޖެންޑާކުރި ނަމަވެސް މިނިސްޓަރު އަމީރު ބަޖެޓު ހުށަހަޅުއްވަން ވަޑައެއް ނުގަންނަވައެވެ. ފުރަތަމަ ފަހަރަރު އަމީރު ވަޑައި ނުގަތީ ބަންޑާރަ ނައިބު ދެއްވާފައިވާ ލަފާފުޅަކާ ގުޅިގެންނެވެ. ދެ ވަނަ ފަހަރަށް ވަޑައި ނުގަތީ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެއެވެ.

މިއަދު މަޖިލީހަށް އަމީރު ވަޑައިގަތީ މިއަހަރުގެ ބަޖެޓަށް އިތުރުކުރާ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުއްވުމަށެވެ.

ފަހުގެ