ބަރަހަނާކޮށްލި ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އާއްމުކޮށްފި

ޝޯޝަލް ނެޓްވޯކްތައް މެދުވެރިކޮށް 2010 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ތަފާތު މީހުންގެ ބަރަހަނާ މަންޒަރު ރިކޯޑުކޮށް އެ ވީޑިއޯތަށް ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރި މީހުންގެ މަޢުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.
އެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި 20 މީހެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މީހުން ބަރަހަނާ ކުރުވައި ބްލެކްމެއިލްކުރި 10 މީހަކާއި އަމިއްލައަށް ބަރަހަނާވި 10 މީހެކެވެ.

ދައުވާ ކުރަން ފޮނުވި 20 މީހުންގެ ތެރެއިން ފުލުހުން އާންމުކޮށްފައި ވަނީ ހަމައެކަނި ބަރަހަނާ ކުރި ނުވަ މީހުންގެ މަޢުލޫމާތެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫ، މަނާގޭ، މުހައްމަދު މުއުމިނު 26، އާއި އުދާސް، އަހުމަދު މުހައްމަދު 26، އާއި ހަމައެގޭ ހުސެއިން ޝާހު 24، އާއި ފްލާވާމީޑް، މުހައްމަދު މިންސަރު 24، އާއި ރަތްފިނިފެންމާގޭ، އަޒުމީނު އިސްހާގު 23، އާއި އޭނާގެ ކޮށްކޮ އިބްރާހިމް އިއްސާގު 20، އާއި ފެހިކުރި، އަހުމަދު ތާއިފް 21، އާއި ވައިޖެހޭގޭ، މުހައްމަދު އިސްހާގު 27، އާއި އޭނާގެ ކޮށްކޮ އަލީ އިސްހާގު 26، އެވެ.
ބަރަހަނާކުރި އެ 10 މީހުންގެ ތެރޭގައި ހިމެނޭ އެކަކީ ކުޑަކުއްޖަކަށްވާތީ އޭނާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.
އަމިއްލައަށް ބަރަހަނާވި މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް އެ މީހުންގެ މައުލޫމާތު އާންމު ނުކުރީ އޭގެ ތެރޭގައި ގިނަ މީހުން ހިމެނޭތީ އާއި އަދި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް ފުލުހުން ބުނެއެވެ.

ފަހުގެ