އީވާއަށް ޑެންގޫ, އެމްޑީޕީން ސުޕްރީމް ކޯޓަށް

Eva

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު މަޖިލީހުގަ އެޖެންޑާކޮށް ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް, އެމަޖިލީހުގެ ރައީސް އީވާ އަބްދުالله އަށް ޑެންގޫ ހުން ޖެހިވަޑައިގަތުމާއި ގުޅިގެން މިއަދު މަޖިލީހަށް ވަޑައިނުގަންނަވައެވެ.

އީވާ ވަނީ މިދިޔަ ހޯމަ ދުވަހު ހަދާފައިވާ ލޭގެ ޓެސްޓެއްވެސް މަޖިލީހަށް ހުށަހަޅާފއެވެ.

މަޖިލީހުގެ ގަވާއިދުގަ ބުނެފައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުުރިއަށް ގެންދާއިރު ރިޔާސަތުގަ އިންނަވަންވާނީ މަޖިލީހުގެ ނައިބު ރައީސްއެވެ.

މި މައްސަލަ ދިމާވުމުން މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވިއެވެ. އެމްޑީޕީން އެދުނީ މަޖިލީހުގެ ހަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ހައްލެއް ހޯދައިދިނުމަށެވެ. ނަމަވެސް އެ ހައްލު ނުހޯދުމުން ކޯޓަށް ދާން ނިންމިއެވެ.

އެ ހައްލަކީ މަޖިލީހުގެ ގަވާއިދުގަ ނެތްކަމެއް ދިމާވެއްޖެނަމަ, ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގަ އަމަލުކުރާ ގޮތަށް އަމަލުކުރުމެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންކަން އަދި ހާމައެއްނުކުރެއެވެ. އެމްޑިޕީގެ މެންބަރުން ވަނީ މިހެންކަމުން މަޖިލީހުގެ ތަޅުމުގަ އިހުތިޖާޖުފަށާފައެވެ.

ރައީސް ނަޝީދު ވަކިކުރަން 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި މައްސަލަ ކުރިއަށްގެންދިއުމަށް ހުއްޓާލުމެއް ނެތި މަސައްކަތް ކުރާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ނަޝީދުގެ އިތުބާރުގެ މައްސަލަ މިއަދު އެޖެންޑާކޮށް ކުރިއަށް ނުގެންދެވުމުން މަޖިލީހުން ނިންމާފައިވަނީ މާދަމާއަށް ވެސް މައްސަލަ އެޖެންޑާކޮށް ރިޔާސަތު ބެލެހެއްޓެވުމަށް އީވާއަށް ދައުވަތު ދޭށެވެ.

ފަހުގެ