ޑރ. މުއިއްޒު އަކީ މޫސިމީބަދަލުތަކާމެދު ގާފިލު ބޭފުޅެއްކަން ހާމަވުމުން ޑިފެންޑަށް ކުޅެންޖެހިއްޖެ

Firefly 20231017114009

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ތިމާވެއްޓާމެދު ގާފިލު ނުވަތަ ‘އިގްނޮރެންޓް’ ބޭފުޅޭއްކަން ‘އަލް ޖަޒީރާ’ އަށް ދެއްވި އިންޓަވިއުއަކުން ހާމަވުމުން, އެކަނިކުފާނުގެ ޓީމަށް އެކަމުގެ ދިފާއުގަ ކުޅެން ޖެހިއްޖެއެވެ.

މިދިޔަ ހަފްތާގަ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގަ ޑރ. މުއިއްޒުއާ ސުވާލުކުރީ 2050 ވަނަ އަހަރު އަހަރު އަންނައިރު ރާއްޖެއަށް ބޮޑު މޫސުމީ ކާރިސާއެއް ދިމާވެ, ރާއްޖޭގެ 80 ޕަސަންޓު ކަނޑުގެ އަޑިއަށް ގޮސްދާނެކަމަށް ސައިންސުވެރިން ބުނެފައިވާތީ, އެމައްސަލަ ހައްލުކުރެއްވުމަ އެމަނިކުފާނު ގެންގުޅުއްވަނީ ކޮން ސިޔާސަތެއްތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވަނީ އެ ވާހަކަތަކާ ދެކޮޅު ހައްދަވައި, ދިވެހިރާއްޖެއަށް އެފަދަ ހާލަތެއް އަދި ނެތްކަމަށްކަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ވަޑައިގެން ރާއްޖޭގެ ހާލަތު ބެއްލެވުމަށް މުއިއްޒު ވަނީ އެދިލައްވާފައެވެ.

ޑރ. މުއިއްޒުގެ މި ވާހަކަތަކާއެކު މުޅި ސޯޝަލް މީޑިއާގަ ގިނަބަޔަކު ނުރުހުން ފާޅުކޮށް ރާއްޖެއަށް ތިމާވެށީގެ ގޮތުން ހުރި ގޮންޖެހުންތައް ސާފުކޮށްދިނެވެ.

މިއާއެކު ޖެހިގެން އައި ދުވަހު ޑރ. މުއިއްޒުގެ އިންގާލީ ތަރުޖަމާން ފިރުޒުލް އަށް ޖެހިވަަޑައިގަތީ ޑރ. މުއިއްޒު ދެއްކެވި ގާފިލު ވާހަކަތަކުގެ ދިފާއިގަ ނުކުންނަވާށެވެ. އަދި ބަސް ވިދާޅުވާށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މޫސުމީ ބަދަލުތައް ނަންގަވަނީ ވަރަށް ސީރިއަސްކޮށް ކަމަށް ސީރިއަސްކޮށްކަމަށް އޭގެ އެއްދުވަސްފަހުން އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ފަހުގެ