ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

Mohamed Nasheed

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްކޮށްފައި ވަނިކޮށް މިމައްސަލަ އަލުން މަޖިލީހަށް ހުށަހެޅިދާނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު އިންތިހާބާ ދިމާކޮށް އެމައްސަލަ އަނބުރާ ގެންގޮސްފައި ވަނިކޮށް އެމްޑީޕީން ވަނީ ޕީޖީ ބައްދަލުވުމެއް ބާއްވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދަން ފާސްކޮށްފައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، މި ފަހަރު މިމައްސަލަ ބަލައިގަންނަން ދަތިކަމަށެވެ. ސަބަބެއްކަމަށް ނަޝީދު ދެއްކެވީ ކުރިން އެމައްސަލަ މަޖިލީހަށް ވެއްދުމަށްފަހު އަނބުރާ ނެގިކަމެވެ.

“އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށް އަނބުރައި ނަގައިފި. ދެން މި އަންނަ ދައުރުގައި ކަންނޭނގެ މި ކަން ވާނީ” މަޖިލީސް ވަޓްސްއެޕް ގުރޫޕަސް ފޮނުވި މެސެޖުގައި ނަޝީދު ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހަޅާ ބިލެއް ބަލައިނުގަންނަން ފާސްވެއްޖެ ނަމަ، އެ ހިސާބުން އެ ބިލު ބާތިލުވާނެކަމަށް މަޖިލީހުގެ ޤަވާއިދުގެ 89 ވަނަ މާއްދާގެ (ނ)ގައި ބުނެއެވެ. އެހެން ނަމަވެސް މިމާއްދާގައި އިތުބާރުނެތް ކަމުގެ މައްސަލަ ހިމަނާފައެއް ނުވެއެވެ.

އިއްޔެ ބޭއްވި ޕީޖީ ބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

ފަހުގެ