ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިތުރު ވަޒީފާ ދިނުން މަޑުޖައްސާލަން އަންގައިފި

Civil Service Comission

ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންތައްތައް އޮމާން ކަމާއެކު ކުރިޔަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ ވަޒީފާތައް ނޫން އެހެން ވަޒީފާތައް ދިނުން މަޑު ޖައްސާލަން ސިވިލް ސާވިސް ކޮމިޝަނުން އަންގައިފިއެވެ.

އެކޮމިޝަނުން މިއަދު އިދާރާތަކަށް ފޮނުވި ސާކިއުލާ ނޯޓުގައި ބުނެފައިވަނީ، މިހިނދަށް ކޮންމެހެން ބޭނުންވާ މަޤާމްތައް ފިޔަވައި އެހެނިހެން މަޤާމްތަކަށް މުވައްޒަފުން ހަމަޖެއްސުން މަޑުޖައްސާލަން އަންގާފައެވެ. އެގޮތުން ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުނާއި މުދިމުންނާއި އިމާމުންގެ މަޤާމްތަކަކީ އެ ހިދުމަތްތައް މެދު ނުކެނޑި ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ހިދުމަތަކަށް ވާތީ މިހާރުވެސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެމަޤާމްތަކަށް މުވައްޒަފުން ހަމަޖެއްސޭނެ ކަމަށާއި އެހެނިހެން މަޤާމްތަކަށް މީހުން ހަމަޖައްސަން ޖެހޭނަމަ ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔެ ހުއްދަ ހޯދައިގެން އިއުލާން ކުރުމަށް ސިއެސްސީން ފޮނުވި ސާކިއުލާގައި ވެއެވެ.

ހަމަމިއާއެކު މިހާތަނަށް އިއުލާންކޮށްފައިވާ މަޤާމްތަކުގެ ތެރެއިން ވަޒީފާގެ ހުށަހެޅުން ދީފައިނުވާ މަޤާމްތަކަށް ވަޒީފާ ހަމަޖެއްސުން މަޑުޖައްސާލުމަށާއި، އިތުރު ވަޒީފާތަކަށް މީހުން ހަމަޖެއްސުން މަޑުޖައްސާލުމަށްވެސް އެކޮމިޝަނުގެ ނޯޓުގައި ވެއެވެ.

ފަހުގެ