ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

Raees Nasheed

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މީގެ ކުރިންވެސް އެމްޑީޕީން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި ގުޅިގެން އެމައްސަލަ ނެގީއެވެ.

މަޖިލީސް ރައީސް ކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީން މަސައްކަތް ފެށުމާއި އެކު، އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދި މެމްބަރުން ދަނީ މި ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ގޮވާލާފައެވެ.

ފަހުގެ