މާލޭ ފިހާރައެއް ތެރޭގައި އަންހެނަކު ފިރިހެނަކަށް ވަޅިން ހަމަލާދީފި

Valhin Hamalaa Dhenee
މިއަދު ހިނގި ހާދިސާގައި އަންހެން މީހާ ފިރިހެން މީހާއަށް ވަޅިން ހަމަލާ ދެނީ

މާލޭ ފިހާރައެއް ތެރޭ އަންހެނަކު ފިރިހެނަކަށް ވަޅިން ހަމަލާދީފިއެވެ.

މާލޭގެ ފޯނު ވިއްކާ ފިހާރައަކަށް ވަތް އަންހެނަކު އެތަނުގައި މަސައްކަތް ކުރާ މީހާއަށް ހަމަލާދީފައިވާ ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާ ގައި ދައުރު ވަމުންނެވެ. އެވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިހާރައަށް އެ އަންހެން މީހާ ވަދެ އެތަނުގެ ފިރިހެން މުވައްޒަފަކާ ވާހަކަ ދެއްކުމަށްފަހު ކުއްލިއަކަށް ވަޅިއެއް ނަގާ ފިރިހެން މީހާގެ ކަރުގައި އެޅުމަށްފަހު އޭނާ ނިކުމެގެން ދަނީއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިއަދު ހެނދުނު 11:02 އެހާކަށްހާއިރު ތޫނު އެއްޗަކުން ހަމަލާދީފައިވާ ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާއާ ގުޅިގެން 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފަހުގެ