ޔާމީނާއި މުއިއްޒުގެ ކޯޅުން: ދުވަހެއް ދުވަހަކަށް ގުޅުން ދަނީ ގޯސްވަމުން

F7wcrkoa4aaz7qw

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދެމެދުގައި މައްސަލަތަކެއް ޖެހިގެން އުޅޭ އަޑުތައް އަންނަނީ ދުވަހެއް ދުވަހަކަށް ގަދަ ވަމުންނެވެ.

އެހޮތުން ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ރޭ، ރައީސް ޔާމީން ވަނީ އިންތިހާބީ ރައީސް މުއިއްޒުއަށާއި ޕީޕީއެމް ޕީއެންސީގެ ލީޑާރޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތަށް ފާޑުވިދާޅުވެފައިވަނީ، އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުން މިނިވަން ކުރުމަށް އެއްވުންތަކާއި މުޒާހަރާތައް މި ދަނޑިވަޅުގައި ނުބޭއްވުމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު އެދިވަޑައިގަތުމާއި ގުޅިގެން އޭގެ ރައްދުގައެވެ.

މިކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނު ޖަލުގައި ހުންނަވާއިރު، ޕާޓީގެ އިސް ބޭފުޅުންނަށް މަގުމަތީގައި އުޅެން ކެރިވަޑައިގަންނަވަން ވާނެ ކަމަށެވެ. އަދި މަގުމަތީ ހަރަކާތްތަށް އިތުރުކުރުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. މިވާހަކަ ފުޅަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕަށް ނިސްބަތްވާ ބޭފުޅުން ދަނީ މިހާރުވެސް ރައްދު ދެމުންނެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ހުވާ ވެސް ކުރެއްވުމުގެ ކުރިން, ރައީސް ޔާމިން މުއިއްޒުއަށް ފާޑު ވިދާޅުވާން ފަށާފައިވާއިރު, މުއިއްޒުއަށް ރައީސް ޔާމިންގެ ހަގީގީ ތާއީދެއް ނެތްކަމުގެ އަޑުތައްވެސް އިންތިހާބުގެ ތެރޭގައި އިވިގެން ދިޔައެވެ. އިންތިހާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން އެދުމުންވެސް ނަމަވެސް ޕީޕީއެމް/ޕީއްސީ ކޯލިޝަނުގެ ސެނެޓުގެ ތެރެއަށް މުއިއްޒު ނުފޫޒު ފޯރުއްވައި, އިންތިހާބު ބޮއިކޮޓުކުރުން ހުއްޓުވާފައެވެ. އަދި މީގެ އިތުރަށްވެސް ރައީސް ޔާމީންގެ ތާއީދު ޑރ. މުއިއްޒުއަށް ނެތްކަމަށް ބުނާ ނޯޓު ކޮޅެއްވެސް އިންތިހާބުގެ ކެމްޕެއިން ތެރޭގައި ލީކުވުމާއި ޔާމީން މިނިވަން ކުރުން ދިގު ދެންމުމަށް ޑރ. މުއިއްޒު ދައްކަވާފައިވާ ވާހަކަފުޅެއްވެސް ވަނީ ލީކުވެފައެވެ. މި ހުރިހާ ކަމެއްވެސް އޭރު ޕީޕީއެމް/ޕީއެންސީގެ ލިޑާރޝިޕުން ދިޔައީ ދޮގު ކުރަމުންނެވެ.

ކަންތަން މިހާތަނަށް ފެންނަމުން ދާގޮތުން، ކުރީގެ ރައީސާއި އިންތިހާބީ ރައީސްގެ ގުޅުން ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުންނެވެ. ޕާޓީތެރެއިން ރައީސް ޔާމީންގެ އެންގެވުންތައް ބޮލާލާ ޖަހަމުން ދާތަން ފެންނަމުން ދާއިރު، އިންތިހާބީ ރައީސް ޑރ. މުއިއްޒު ގެންދަވަނީ އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ ބޮޑަށް ވިއްކަމުން ގެންދެވި ބޭފުޅާއާއި ފޭއަށް ޖެހެމުންނެވެ.

މިރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާތަނާ ޖެހެންދެން ފެންނަމުން ދިޔައީ، ދާދި އެއްފަދަ މަންޒަރު ތަކެކެވެ. މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ އިބްރާހިމް މުހައްމަދު ސާލިހުވެސް ވެރިކަމަށް ވަޑައިގަތުމަށް ވިއްކެވި ބޭފުޅާކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި ޖެހެމުން ދިޔަ މައްސަލަތަށް ދުވަހެއް ދުވަހަކަށް ގޯސް ވަމުންގޮސް، އެއް ބޭފުޅަކު އަނެއްބޭފުޅަކު ނޫން ގޮތެއް ހޯދަން ވަނީ ފަށާފައެވެ.

މި މަންޒަރު ކުރިޔަތް އޮތް ދުވަސްތަކުގައި ތަކުރާރު ވުމަކީ ދުރުކަމެއް ނޫންކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަހުގެ