ޖިންސީ ގޯނާ ކުރީ އެންގްރީ ބާރޑު ޓީޝާޓު ލައިގެން ހުރީމަތަ؟

Maldivian Female Wearing Angry Bird Tshirt Back View Mo D32de58c 4cd5 477b B80c 38d0313f45a9

އަންހެން ކުއްޖަކު ރޭޕްކޮށްލައިފި ނުވަތަ ތުއްތު ކުއްޖަކާ ގަދަކަމުން މީހަކު ބެހިފި. މިއީ ފަހަކަށް އައިސް އެންމެ ގަދަޔަށް އަޑު އިވީ އެއް ވާހަކައެވެ. ހަމަ މިއާ ވިއްދައިގެން ދެން އިވޭ ވާހަކައަކީ ދީނީ ދަންނަ ބޭކަލުން އެވާހަކަތަކަށް ދޭ ރައްދެވެ. ކުރު ގޮތަކަށް ބުނާނަމަ ޖިންސީ އަނިޔާ ކުރުމާއި ރޭޕް ކުރަނީ ލާ އެއްޗިހިން ކަމަށް ދީނީ ދަންނަ ބޭކަލުން ދަނީ ބުނަމުންނެވެ.

މި މައްސަލައާ ބެހޭގޮތުން ފަހަކަށް އައިސް ވާހަކަ ދައްކާ ދީނީ ދަންނަ ބޭކަލުން ބުނާ ގޮތުގައި ދިވެހި ރާއްޖޭގައި ހިނގަމުންދާ ރޭޕް ކުރުމާއި ޖިންސީ އަނިޔާ ކުރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވަނީ ލާ ހެދުމުގެ ސަބަބުން ކަމަށެވެ. އަޅުގަނޑަށް އެ ދީނީ ދަންނަ ބޭކަލުންގެ އެވާހަކަ ވަނީ ބޮޑު ޖޯކަކަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

އުމުރުން 3 އަހަރުގެ ތުއްތު ކުއްޖަކު ޤުރުއާން ކިޔެވަން ގޮސް ހުއްޓާ އެކުއްޖާއަށް ކިޔަވަދޭ ޤުރުއާން ޓީޗަރު އެކުއްޖާއާ ބެހުނީ ކޯންޗެއް ލައިގެން ހުރުމުގެ ސަބަބުން ހެއްޔެވެ؟ އެންގްރީ ބާރޑު ޓީޝާޓު ނުވަތަ ބެން 10 ޓީޝާޓެއް ލައިގެން ހުރީމަ ހެއްޔެވެ؟

އަމިއްލަ ދެދަރިންނާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ނ. އަތޮޅު ރަށެއްގެ ނުބައި ނުލަފާ މީހެއްގެ ވާހަކަ އަޑު އެހީމެވެ. ފަހަރުގައި އެ ނުބައި ނުލަފާ މީހާ އޭނާގެ އުފަން ދެ ދަރިންނާއި އެކު ގަދަ ކަމުން ބަދު އަހުލާޤީ އަމަލު ހިންގީ އެކުދިން ސިންޑްރެއްލާ ލާކަހަލަ ހެދުމެއް، ނުވަތަ ސްނޯ ވައިޓްލާ ކަހަލަ ޕްރިންސަސް ހެދުމެއް ލައިގެން ހުރުމުން ކަމަށް ވެދާނެއެވެ.

ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި 77 އަހަރުގެ ފިރިހެނަކު ހދ. ކުޅުދުއްފުށިން ހައްޔަރުކުރި ވާހަކަވެސް މިދިޔަ ހަފްތާ ތެރޭގައި އަޑު އިވުނެވެ. 16 އަހަރުގެ އެފިރިހެން ކުއްޖާ ލައިގެން ހުރީ ސުޕަމޭން ހެދުމެއް ކަމަށްވުންވެސް އެކަށީގެންވެއެވެ.

އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި 49 އަހަރުގެ ފިރިހެނަކު ފ. ނިލަންދޫން ހައްޔަރު ކުރި ވާހަކަވެސް އަޑު އިވުނީ ދާދި މިދާކަށް ދުވަހުއެވެ. އެކުއްޖާ ޖިންސީ ޝިކާރައަކަށްވީ ކޮން ކަހަލަ ހެދުމެއް ލައިގެން ކަމެއް ނޭގެއެވެ. އިނގޭހާވެސް އެއްޗަކީ އެ ތުއްތު ތުއްތު މައުސޫމް ކުއްޖާވެސް ނުބައި ނުލަފާ ޖައްބާރު ފިރިހެނެއްގެ ޝިކާރައަކަށްވި ކަމެވެ. އެވާހަކަ އަޑު އިވުމުންވެސް މިއުޅޭ ދީނީ އިލްމުވެރިން ބުނާނެއެވެ. “ރޭޕްކޮށް ޖިންސީ އަނިޔާ ލިބެނީ ލައިގެން ހުންނަ ހެދުމުގެ ސަބަބުން”ނެވެ.

އިންސާނަކު އަޅެ ފަހެ ބޯ ބުރާންޗެއް ނުވާނެ ހެއްޔެވެ؟ މިދައްކަނީ ނުބައި ނުލަފާ ވަހުޝީ މީހެއްގެ ޝިކާރަޔަކަށް ކުއްޖަކު ނުވަތަ މީހަކުވި ވާހަކައެވެ. ޤައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއްގެ ވާހަކައެވެ. މި ވާހަކަ އަޑު އިވުމުން އެއީ އެމީހަކު ލައިގެން ހުރި އެއްޗެއްގެ ސަބަބުންނޭ ބުނެ އަތް އުރާލައިގެން ހުރެވޭކަަށް ނެތެވެ. ކަލޭމެން ލާ ހެދުން ބަދަލުކޮށްބަލާށޭ ބުނެ ނުވަތަ އެ ކަންތަކުގެ ވާހަކަ ނުދައްކާ ކުރެގެން ވެސް މިމައްސަލައަށް ހައްލެއް ނުލިބޭނެއެވެ. އެންމެން އަތް ގުޅާލައިގެން، ކޮންމެ އެއްޗެއް ލައިގެން ހުއްޓަސް، އެންމެންނަކީވެސް މިޤައުމުގައި އަމާން ކަމާއި އެކު ދިރި އުޅެވޭނެ ބަޔަކަށް ވާން ޖެހޭނެއެވެ.

ފަހުގެ