ރައީސް މައުމޫންއާއި އެމަނިކުފާނު އާއިލާއަށް ދުވަހަކުވެސް ކުޑަމީސް ބަހެއް ނުބުނާނެ ކަމަށް އިލްހާމް ވައުދުވެއްޖެ

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނު އާއިލާއަށް ދުވަހަކުވެސް ކުޑަމީސް ބަހެއް ނުބުނާނެ ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރުންގެ އިލްހާމް އަހުމަދު ވައުދުވެއްޖެއެވެ.

ކޮންގްރެސްގައި އެޕާޓީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލައްވާފައިވާ އިލްހާމްގެ ކެމްޕެއިން އިފްތިތާހް ކުރުމަށް މިރޭ ނަސަންދުރާ ޕެލެސް ހޮޓަލްގައި ބޭއްވި ހަފްލާގައި ވިދާޅުވީ “ރައީސް މައުމޫންއާއި އެމަނިކުފާނު އާއިލާއަށް ދުވަހަކުވެސް ކުޑަމީސް ބަހެއް ނުބުނާނެ ކަމުގެ ޔަގީންކަން އަރުވަން” ކަމަށެވެ.

މީގެ އިތުރަށްވެސް އިލްހާމް ވަނީ އިތުރު 4 ކަމަކަށް މިރޭގެ ހަފްލާގައި ވަޢުދު ވެފައެވެ. އެގޮތުން ރައްޔިތުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތުކޮށް ރައީސް މުހައްމަދު ނަޝީދުގެ ދަލުގައި ނުޖެހި ހުންނާނެ ކަމަށާއި، މުޒާހަރާއެއް ކުރިކަމުގައިވިޔަސް އަދި ކޮންމެ ކަމެއްކުރަން ޖެހުނު ކަމުގައިވިޔަސް އެންމެ ފުރަތަމަ ސަފުގައި ރައްޔިތުންގެ ހައްގުގައި ހުންނާނެ ކަމަށް އިލްހާމް ވަނީ ވައުދުވެފައެވެ. އަދި ދިވެހި ރައްޔިތުންނަށް ވާން ޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވާންޖެހޭ ވަގުތަކު ވާންޖެހޭ ގަޑިއަކު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އިލްހާމް ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

ފަހުގެ