ބަނގުރާ ފުޅިތަކަކާއެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި

ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 12 ފުޅިއާއި އެކު އުމުރުން 33 އިންޑިއާ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް ފުލުހުން ބުނެފި އެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މާލެ އަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިއަދު ހަވީރު  އޭނާ މާލެ އައި ފެރީން 07 ނަމްބަރު ފާލަމަށް ފޭބިތަނުންކަމަށް ފުލުހުން  ބުނެ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާ އަޅައިގެން ހުރި ދަބަހާއި އޭނާގެ އަތުގައި އޮތް ފޮށިގަނޑު ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 12 ފުޅި ފެނިފައިވަނީ އޭނާ ގެންގުޅުނު ދަބަހާއި އަތުގައި އޮތް ފޮށިގަނޑުން ކަމަށް ފުލުހުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ރޭދުވާ

    ތީވާނީ ޒަމްޒަމް ފެން ކަމަށް