ކުޅުދުއްފުށީގައި ހިގި އެކްސިޑެންޓެއްގައި ފުލުހަކަށް އަނިޔާވެއްޖެ

ކުޅުދުއްފުށީގައި ހިގި އެކްސިޑެންޓެއްގައި ފުލުހަކަށް އަނިޔާވެއްޖެ ކަމަށް މޯލްޑިވިސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ ރެ 8:50 ހާއިރު ކުޅުދުއްފުށީ އަމީނީ މަގުގައި ހިނގި އެކްސިޑެންޓުގައި، ފުލުސް މީހާގެ ލޯކައިރިން ފަޅައިގެންގެސްފައިވާ ކަމަށެވެ. މިހާރު އޭނާ ގެންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށްވެސް ފުލުހުން ބުނެ އެވެ.

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ޙުކުމެއްގައި ބަންދުކޮށްފައި އިންމީހާ ދުއްވަމުންދިޔަ ސައިކަލު ނުގަވައިދު ފަށިން ދުއްވާފައި އައިސް ފުލުހުންގެ މީހާ ދުއްވަން އިން ސައިކަލުގައި ޖެހިގެންކަމަށް ފުލުހުން ބުނެ އެވެ.

ފަހުގެ