ކޯނީ ރިޕޯޓަށް ބަޔާން ދިން މީހުންގެ ބަޔާންތައް އުނިކޮށްފައި ހުރިކަމަށް މުގައްރިރު ވިދާޅުވެއްޖެ

File Of A Report Sitting On A Desk Office Desk Governme 96e34a4b 00a0 4e0b B84a 77d2e8e3539d

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓަށް މައުލޫމާތު ދިން ބައެއް މީހުންގެ މައުލޫމާތު ތައް ރިޕޯޓުން އުނިކޮށްފައިވާކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހަންމަދު ޖިނާހު އަދި ކުރީގެ ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު މިރޭ ހާޒިރުކޮށް ސުވާލުކުރުމަށްފަހު މީޑިޔާއަށް ދިން ނިއުސްކޮންފަރެންސުގައި އަލީ ވަހީދު ވިދާޅުވީ މިހާތަނަށް އެ ކޮމެޓީއަށް ހާޒިރު ކުރެވުނު ފަރާތްތަކުން ދިން މައުލޫމާތަށް ބަލާއިރު ކޯނީ ރިޕޯޓުގައި ދޮގު މައުލޫމާތު ތައް ހިމެނޭ ކަމަށެވެ.

ދާދި ދެންމެ އަކު ފެށުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކޯނީ ރިޕޯޓަށް މައުލޫމާތު ދިން މީހުން ދީފައިވާ ބައެއް މައުލޫމާތުތައް ރިޕޯޓުން އުނިކޮށް ބައެއް މައުލޫމާތުތައް ބަދަލުކޮށްފައިވާ ކަމަށެވެ.

މިރޭގެ ކޮމެޓީ ބައްދަލުވުމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހަންމަދު ޖިނާހު އަދި ކުރީގެ ޖެންޑާ މިނިސްޓަރު ފާތުމަތު ދިޔާނާ ސައީދު ހާޒިރުކުރި އިރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިއިރު މާލޭ އޭރިއާގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހަންމަދު ދީދީ އާއި ކާނަލް މުހަންމަދު ޒިޔާދު ވެސް މާދަމާ ރޭ ކޮމިޓީ އަށް ހާޒިރުކުރާނެ އެވެ.

ފަހުގެ