މީހުން ޤަބޫލުކުރާނީ ހަމައެކަނި ތެދު ހަޤީޤަތެއް ނޫން: ރައީސް ވަހީދު

މީހުން ޤަބޫލުކުރަނީ ހަމައެކަނި ތެދު ހަޤީޤަތެއް ނޫން ކަމަށާއި ދޮގު މަޢުލޫމާތުތައްވެސް އެއީ ތެދު ކަމަށް މީހުންނަށް ވިސްނައިދެވިއްޖެނަމަ އެއީ ތެދު މަޢުލޫމާތެއް ކަމުގައި ބަލައިގަންނަ ކަމަށް ރައީސް މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ.

ފަހަކަށް އައިސް ފުލުހުން ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވަމުން އަންނަ ތާޒްޑޭ ފޯރަމުގައި ތަގުރީރުކުރައްވަމުން ރައީސް ވަހީދު ވިދާޅުވެފައިވަނީ، ދިވެހި މުޖުތަމަޢުގައިވެސް އެއްވެސް އަސްލެއް ނެތް ވާހަކަތައް ޤަބޫލުކުރާ ގިނަބަޔަކު އުޅޭ ކަމަށެވެ.

“ހަމައެކަނި ވަކި ވިސްނުމެއްގައި ނޫނީ އެއް ބައެއްގެ ވާހަކަ އަޑުއަހައިގެން ތިބެންޖެހޭނީ ސުވާލު އުފެއްދުމުގެ ފުރުޞަތު ނެތް މުޖުތަމަޢުތަކުގައި. ނަމަވެސް ޑިމޮކްރެޓިކް ސިފައަކީ ހަޤީޤަތްތަކާމެދު ސުވާލު އުފެއްދުމުގެ ވިސްނުން.” ރައީސް ވަހީދު ވިދާޅުވި އެވެ.

ޑިމޮކްރެސީއަށް މީހުން އަހުލުވެރިވަމުން ދިޔަވަރަކަށް ކަންކަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ މިއަދު ފުލުހުން މަސައްކަތްކުރަންޖެހިފައިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު ކަމުގައެވެ. އަދި މިއީ ޑިމޮކްރަސީގެ ކުރީކޮޅު ދުނިޔޭގެ ގިނަ ޤައުމުތަކުން ތަޖުރިބާކޮށްފައިވާނެ ދުވަސްތަކެއް ކަމަށާއި، ފުލުހުންވެސް ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ފުލުހުންގެ ވާޖިބު އަދާކުރައްވަމުން ގެންދެވުމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ މަސައްކަތްތައް އެންމެ ރަނގަޅަށް އެންމެ ބޮޑަށް އެނގޭނީ ފުލުހުންނަށް ކަމުގައިވާތީ އެކަން ރައްޔިތުންނަށް ފޯރުކޮށްދީ ފުލުހުންނާއިމެދު ރަނގަޅު ތަސައްވުރެއް އުފެއްދުމަކީ ފުލުހުންގެ މަސްޢޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ.

ފަހުގެ