މަހުލޫފު މާބަނޑު މީހެއްގެ ގައިގަ ޖެހިކަމަށް ރާއްޖެ ޓީވީން ފެތުރި ހަބަރު ބްރޯޑްކާސްޓު ކުރުމުގެ ޤާނޫނާ ހިލާފު ކަމަށް އެމްބީސީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު މާބަނޑު މީހެއްގެ ގައިގަ ޖެހިކަމަށް ބުނެ ރާއްޖެ ޓީވީން ހަބަރު ފެތުރީ ބްރޯޑް ކާސްޓު ކުރުމުގެ ޤާނޫނާ ހިލާފަށް ކަމަށް މޯލްޑިވްސް ބްރޯޑް ކާސަޓިންގ ކޮމިޝަނުން ނިންމައިފިއެވެ.

މާބަނޑު އަންހެނަކަށް ހަމަލާ ދީ އެއްޗިހިކީ ކަމަށް ރާއްޖެ ޓީވީން ހަބަރު ކިޔުމުން މަހުލޫފު 27 އޮގަސްޓު 2012 ހުށަހެޅި މައްސަލަ ބެލުމަށްފަހު ނިންމާފައި ވަނީ އެ ހަބަރު ރާއްޖެ ޓީވީން ފަތުރާފައިވަނީ ބްރޯޑް ކާސްޓު ކުރުމުގެ ޤާނޫނާ ހިލާފަށް ކަމަށެވެ.

އެގޮތުން މިމައްސަލަ ހިގާފައިވާ ގޮތުގެ މައުލޫމާތު ހޯދުމަށް އަހުމަދު މަހުލޫފަށް ގުޅުމުން، ރާއްޖެޓީވީއަށް މިކަމާ ބެހޭގޮތުން އެއްވެސް ޖަވާބެއް ދޭން ބޭނުންނުވާ ކަމަށާއި ނަމަވެސް އެއީ ކަނޑައެޅިގެން އެނގޭ މަސްދަރެއްގެ މައްޗަށް ކިޔާފައިވާ ހަބަރެއް ކަމަށާއި، ޝަރުއީ ކޯޓަކަށް މިމައްސަލަ ހުށަހެޅި ކަމުގައި ވިޔަސް އެކަމާ ބެހޭގޮތުން ހުށަހަޅަން ޖެހޭ ހެކިތައް އެބަހުރި ކަމަށް ރާއްޖެ ޓީވީން ބުނެ އެ ބުނުން ސާބިތުކޮށްދެވޭ ވަރުގެ ހެކި އެކުންފުނީގައި ހުރިނަމަ ކޮމިޝަނަށް ފޮނުވައި ދިނުމަށް އެދުމުން ފޮނުވާފައި ނުވާކަމަށް އެރިޕޯޓުގައި ވެއެވެ.

އަދި މީގެ އިތުރުން ކޮމިޝަނުގެ ތަހުޤީގުގައި ރާއްޖެޓީވީއަށް މިކަމާ ބެހޭގޮތުން އެއްވެސް ޖަވާބެއް ދޭން މަހުލޫފަށް ގުޅުމުން ބުނެފައިވާކަމަށާއި އެހެން ނަމަވެސް މަހުލޫފާ ގުޅުމަށް ރާއްޖެޓީވީން މަސައްކަތް ކޮށްފައި ނުވާކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ.

އެމްބީސީގެ ރިޕޯޓުގެ 1 ޕޭޖް
އެމްބީސީގެ ރިޕޯޓުގެ 1 ޕޭޖް
އެމްބީސީގެ ރިޕޯޓުގެ 2  ޕޭޖް
އެމްބީސީގެ ރިޕޯޓުގެ 2 ޕޭޖް
އެމްބީސީގެ ރިޕޯޓުގެ 3 ވަނަ ޕޭޖް
އެމްބީސީގެ ރިޕޯޓުގެ 3 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓުގެ 4 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓުގެ 4 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓުގެ 5 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓުގެ 5 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓގެ 6 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓގެ 6 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓުގެ 7 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓުގެ 7 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓުގެ 8 ވަނަ ޕޭޖް
އެމްބީސީ ރިޕޯޓުގެ 8 ވަނަ ޕޭޖް

 

ފަހުގެ