ސިޔާސީ ޕާޓީ ތަކުގެ ބިލާއި އިމްތިޔާޒުގެ ބިލް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލައިފި

ސިޔާސީ ޕާޓީ ތަކުގެ ބިލާއި އިމްތިޔާޒުގެ ބިލް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލައިފި

ސިޔާސީ ޕާޓީތަކުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ތަސްދީގު ނުކޮށް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައިފިއެވެ.

އަލުން މަޖިލީހުން ވިސްނުމަށް އެދިވަޑައިގެން، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މި ދެބިލް ފޮނުވާލާފައި ވަނީ އެޓާނީ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކާއި އިސްލާހުތައް ގެންނަން ފެންނަ ކަމަށް ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގައި ބުނާ ގޮތުން ބާރަ މަސް ދުވަހަށް ވުރެ ކުރު ނަމަވެސް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ކޯޓަކުން ހުކުމެއް އައުމަށް ފަހު އެ ހުކުމަށް ބަދަލެއް ނައިސް ދެމިއޮތްހާ ހިނދަކު އެ މެމްބަރަކު ގާނޫނުގެ ކުރިމަތީގައި ވާނީ ކުށްވެރިއަކަށް ކަމަށާއި މި ހާލަތުގައި އެމީހަކު ވާނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް ޖިނާއީ ކުށެއް އެމީހެއްގެ މައްޗަށް ކުރެވިފައިވާ މީހަކަށެވެ. އަދި “ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިމްތިޔާޒުތަކާއި ބާރުތަކުގެ ތެރެއިން ބައެއް އިމްތިޔާޒުތަކާއި ބާރުތައް ބަޔާންކުރުމުގެ ގާނޫނު” ކަމަށް އެ ބިލުގެ ތައާރަފްގައި ބަޔާންކޮށްފައި ވާއިރު ބިލުގައި ހިމެނޭ ބައެއް ކަންތައްތަކަކީ މަޖިލީހުގެ މެންބަރުންގެ އިނާޔަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ގޮތުގައި ރައީސް ވަހީދު ވަނީ ސިފަ ކުރައްވާފައެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް 10000 މީހުންގެ ސޮއި ހޯދަން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ބިލުގައި ބުނެފައި ވުމަކީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އާ ފުށުއަރާ ކަމެއް ކަމަށާއި ގާނޫނުއަސާސީއާ ތައާރުޒް ނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން، މިނިވަން ދީމިގްރާތީ މުޖުތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ކަން ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ރައީސް މުހައްމަދު ވަހީދު ހާމަކޮށްފައިވެއެވެ.

ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ފަހުގެ