ރައީސް ނަޝީދު މިރޭ މާލެ ވަޑައިގަންނަވާނެ

ރައީސް ނަޝީދު މިރޭ މާލެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދީފި އެވެ

އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ މިރޭ 9:15 ހާއިރު ޖެޓީ ނަންބަރު ހަތަރަކަށެވެ.

ރައީސް ނަޝީދު ބެންކޮކަށް ފުރައިވަޑައިގެންފައިވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ނަޝީދު ބެންކޮކަށް ވަޑައިގެންފައިވަނީ އެމަނިކުފާނުގެ ބައްޕަ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުވެސް ރައީސް ނަޝީދު ބެންކޮކަށް ދިއުމަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ޕާސްޕޯޓް މި ޑިސެންބަރު މަހު 19 އިން ފެށިގެން ޖެނުއަރީ ހަޔަކާ ހަމައަށް ދޫކުރުމުގެ އަމުރެއް ނެރެފައި ވަނިކޮށް އިމިގްރޭޝަނުން  ޕާސްޕޯޓް ހިފެހެއްޓުމާ ގުޅިގެން ބެންކޮކް ދަތުރުފުޅު ފަސްކުރެއްވީ އެވެ.

ފަހުގެ