ފުލުހުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި މުއްސަނދި އަދި ނުފޫޒުގަދަ ފަރާތްތަކަށް އެކަނި ޙިމާޔަތާއި ރައްކާތެރިކަން ދިނުމެއްނޫން

ފުލުހުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި މުއްސަނދި އަދި ނުފޫޒުގަދަ ފަރާތްތަކަށް އެކަނި ޙިމާޔަތާއި ރައްކާތެރިކަން ދިނުމެއްނޫން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 24 ވަނަ ބުރު އިފްތިތާހް ކުރުމަށް ރޭ އިސްކަންދަރު ބިލްޑިންގުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިއާޒް ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތަކީ ވަރަށް ޒިންމާދާރު، ވަރަށް މަސްއޫލިއްޔަތު ބޮޑު ހަމައެހެންމެ މަސައްކަތުގައި ގިނަ ވަގުތު ދޭންޖެހޭ ޚިދުމަތެއްކަމަށެވެ.

“ހަމައެއާއެކު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ފުލުހުންގެ މަސްއޫލިއްޔަތަކީ ހަމައެކަނި މުއްސަނދި އަދި ނުފޫޒުގަދަ ފަރާތްތަކަށް އެކަނި ޙިމާޔަތާއި ރައްކާތެރިކަން ދިނުމެއްނޫންކަމަށާއި އޭގެ ބަދަލުގައި މުއްސަނދި ނުފޫޒުގަދަ ފަރާތްތަކެކޭ އެއްއުޞޫލުން ނިކަމެތި ޢާއްމު ރައްޔިތުމީހާގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކޮށްދިނުމަކީވެސް ފުލުހުންގެ މަސްއޫލިއްޔަތެއް” ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވިދާޅުވެފައިވަނީ މިއަދު ދިވެހި ފުލުހުން އަދާކުރަން ޖެހިފައި މިވަނީ މީގެ ހަތްދިހަ އެތައް އަހަރެއް ކުރިން ފުލުހުންނާއި ކުރަން ޙަވާލުކުރެވުނު މަސައްކަތަށްވުރެ ބޮޑު މަސައްކަތަކާއި މަސްއޫލިއްޔަތެއްކަމަށާއި ރައްޔިތުން ރޭގަނޑުގެ އަރާމު ނިދީގައި ތިބޭއިރު އެމީހުންގެ ނަފްސާއި އެބައިމީހުންގެ ގޯތި ގެދޮރާއި މުދަލާއި ރައްޔިތުންގެ އެންމެހައި ތަކެތި ބެލެހެއްޓުމުގެ އިތުރުން މަގުތަކާއި ބާޒާރުތައް ބެލެހެއްޓުމުގެ ބުރަ އަދި ޒިންމާދާރު މަސައްކަތް ކުރުމަކީ ފުލުހުންގެ ޒިންމާއެއްކަމަށެވެ.

ފަހުގެ