ކުރީގެ ޕޮލިސް އިންޓަލިޖެންސްގެ ވެރިއާ އާއި ސިފައިންގެ އިންޓަލިޖެންސްގެ ވެރިއާ މަޖިލީހަށް ހާޒިރު ކޮށްފި

މަޖިލީސް ވެބްސައިޓުގައި ބުނެފައިވަނީ، އިއްޔެ ބޭއްވުނު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަހަރުގެ އެއް ވަނަ ބައްދަލުވުމުގައި، ކޮމިޓީއިން ދިރާސާކުރައްވަމުން ގެންދަވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓާ ގުޅޭގޮތުން، މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ކޮމިޓީގެ ފަރާތުން، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓާބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު ނިލާމް އާއި ކުރީގެ އިންޓަރލިޖެންސް ޗީފް މުޙަންމަދު ޙަމީދުއާވެސް އިއްޔެ ބައްދަލުކޮށްފައިވާ ކަމަށެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އިއްޔެވަނީ ރައީސް މުހައްމަދު ވަހީދު ރާއްޖޭގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާއާއި ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްފާސްކޮށްފި އެވެ.

މިގޮތަށް އެ ކޮމެޓީން ނިންމާފައިވަނީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ބަޔާންތައް މަޖިލީހަށް ހުށަހެޅުމަށް ރައީސް ވަހީދަށް  2 ފަހަރެއްގެ މަތީން ތަކުރާރުކޮށް އެންގުމުންވެސް ބަޔާންތައް ފޮނުވާފައިނުވާތީ އެވެ.

ފަހުގެ