ރައީސް މުހައްމަދު ވަހީދު ރާއްޖޭގެ ގާނޫނު އަސާސީގެ 99 ވަނަ މާއްދާއާއި ޚިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްފާސްކޮށްފި އެވެ.
މިގޮތަށް އެ ކޮމެޓީން ނިންމާފައިވަނީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ބަޔާންތައް މަޖިލީހަށް ހުށަހެޅުމަށް ރައީސް ވަހީދަށް 2 ފަހަރެއްގެ މަތީން ތަކުރާރުކޮށް އެންގުމުންވެސް ބަޔާންތައް ފޮނުވާފައިނުވާތީ އެވެ.
ގާނޫނު އަސާސީގެ 99 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ މީހަކަށްމެ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، އެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ހެކިބަސް ދިނުމަށާއި، ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިއުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީތަކަށް ލިބިގެންވާ ކަމަށެވެ.
ކޮމެޓީން މިގޮތަށް ނިންމިކަމުގައިވިއަސް މިކަން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.