އިރާގު ސަފީރު ރައީސް ވަހީދާއި ބައްދަލުކުރައްވައިފި

ޢިރާޤު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ކަހްތާން ތާހާ ޚަލާފް، ރައީސް މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޢިރާޤާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް މަސްވެރިކަމާއި، ފަތުރުވެރިކަމާއި ތެލުގެ ވިޔަފާރީގެ ދާއިރާގައި ޢިރާޤުން ރާއްޖޭގައި އިންވެސްޓްމަންޓު އިތުރުކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ..

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، މިއަހަރު ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ޢިރާޤުގެ ސަފީރަށް މަޢުލޫމާތު އެރުވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ފަހުގެ