ކޯނީ ބަޔާންތައް މަޖިލީހަށް ފޮނުވަން ކޮމެޓީން ފާހެއްނުވި

މިދިޔައަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވީ ގޮތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުރީއަށް (ކޯނީ) އަށް ދީފައިވާ ބަޔާންތައް މަޖިލީހަށް ފޮނުވުމަށް ރައީސް ވަހީދުގެ މައްޗަށް އަމުރު ކުރުމަށް މިއަދު ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީން ނެގި ވޯޓު އެންމެ މެންބަރަކު ވޯޓު ނުދެއްވައިގެން ފެއިލްވެއްޖެ އެވެ.

ރައީސް ވަހީދުގެ މައްޗަށް އަމުރެއް ނެރުމަށް އެ ކޮމެޓީން ނިންމާފައިވަނީ، ދެ ފަހަރެއްގެ މަތިން ރައީސް އޮފީހަށް އެންގުމުންވެސް އެކަމަށް ރައީސް އޮފީހުން އިޖާބަ ދީފައި ނުވާތީ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިއަދު ނެގި ވޯޓުގައި، އަމުރު ނެރުމަށް އެމްޑީޕީގެ ފަސް މެންބަރުން ވޯޓް ދެއްވި އެވެ. ހަތް މެންބަރުން ބައިވެރިވެ ވަޑައިގެންނެވި ކޮމިޓީގައި ޕީޕީއެމް ދެ މެންބަރުންގެ ތެރެއިން އެއް މެންބަރަކު ދެކޮޅަށް ވޯޓް ދެއްވި އިރު އަނެއް މެންބަރު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އަމުރު ނެރެން ފާސް ނުވީ މަޖިލީހުގައި އަމުރެއް ނެރުމަށް މަދުވެގެން ހަ ވޯޓު ބޭނުންވާތީ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ މިދަޔަ ޑިސެންބަރު މަހުގެ ތެރޭގައި ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ހާދިސާ ދިރާސާކޮށް ކޯނީގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކާއި ގުޅޭ މައުލޫމާތު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފަ އެވެ.

ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް މުހަންމަދު ވަހީދު އުފެއްދި ކޯނީން އޯގަސްޓު މަހުގެ 29 ވަނަ ދުވަހު އާންމުކުރި ރިޕޯޓުގައި ރިކޮމަންޑޭޝަންތައް ހުށަހަޅާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ޝަރުއީ ނިޒާމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ރައްޔިތުންގެ މަޖިލީހާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށެވެ.

ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް މެދުވެރި ސަބަބުތަކާއި ހާލަތާއި މައުލޫމާތަށް ބިނާކޮށް ރަނގަޅު ކުރުމަށްޓަކައި ކަމާއި ބެހޭ މުއައްސަސާތަކަށް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން ފަސް ކަމެއް ހުށަހަޅައިފައިވެ  އެވެ.

ކޯނީގެ ހޯދުންތަކުން އެނގޭ ގޮތުގައި ފެބްރުއަރީ 7،6 އަދި 8 ގައި ފުލުހުން އަމަލުކުރީ ވަރަށް އަނިޔާވެރިކޮށެވެ. އަދި ކަމާއި ގުޅޭ މުއައްސަސާތަކުން އެކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ފުލުހުންގެ އަނިޔާވެރިކަމާއި ފުލުހުންގެ އަނިޔާވެރިކަމާއި ބިރުދެއްކުމުގެ ތުހުމަތުތައް ވީއެންމެ އަވަހަކަށް، ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ކޯނީގެ ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށާއި ފަނޑިޔާރުންނާ ދޭތެރޭ ކުރެވޭ އެކިއެކި ތުހުމަތުތައް ޖޭއެސްސީން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް ލަފާ ދީފައިވެ އެވެ.

ކޯނީގެ ރިޕޯޓުގައިވާ ބުނެފައި ވަނީ ޒަމާނުއްސުރެ ގާއިމުކުރެވިފައިވާ ބައެއް އުސޫލުތައް ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވާ ކަމަށެވެ. އަދި އެފަދަ އުސޫލުތައް ދެނެގަތުމުން ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމްކުރާ ވާޖިބުތައް އަދާކުރުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ރާއްޖޭގެ މީޑިއާތަކުގައި އެކުލެވިފައިވާ ސިޔާސީ ނުފޫޒުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނަފުރަތާއި ބައިބައިވުން އުފެދޭގޮތަށް ކުރެވޭ ކަންތައްތަކަށް ސަމާލުވެ އެކަމާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ދެނެގަތުމަށް ވެސް ކޯނީން ލަފާ ދީފައިވެ އެވެ.

ގާނޫނުގެ ބާރުތައް ދެމެހެއްޓުމަށް، ޖުމުލަ ގޮތެއްގައި ރާއްޖެ އަށް އެހީތެރިކަން ބޭނުންވާ ކަމަށާއި އެކަމުގެ ސަބަބުން ޑިމޮކްރެޓިކް މުޖުތަމައު އަކަށް ކޮންމެހެން ބޭނުންތެރިވާ ރައްޔިތުންގެ އިތުބާރު ދައުލަތުގެ މުއައްސަސާތަކަށް ލިބިގެންދާ ކަމަށް ކޯނީގެ ހުށަހެޅުންތަކުގައި ބުނެފައިވެ އެވެ.

ނަމަވެސް ކޯނީގެ ހުށަހެޅުންތަކަށް މިނިވަން މުއައްސަސާތަކުން އެކަށީގެންވާ އެއްބާރުލުމެއް ދީފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ.

މިދިއަ ނޮވެމްބަރު މަހުގެ އިންޓަ ޕާލިމަންޓްރީ ޔޫނިއަނުން ބުނެފައި ވަނީ ތެރޭގައި ފެބްރުއަރީ 8 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާއި ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކަށް 10 މަސް ވެގެން ދިޔައިރު ވެސް މިހާތަނަށް އެއްވެސް މީހަކަށް އަދަބުދެވިފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.

ފަހުގެ