މ. ގެދަ ގެއިން ވައްކަން ކުރި ޔަޒީން ހޯދަން ފަށައިފި

މ.ގެދަ 3 ވަނަ ފަންގިފިލާއިން އިލެކްޓްރިކް ސާމާނުތަކެއް ވަގަށް ނެގި މީހާ އާންމުންގެ އެހީތެރިކަމާއެކު ދެނެގަނެވިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ފުލުހުން ހޯދަމުންދާ މީހަކީ ގދ.ގައްދޫ އަޅިފަށުއިގެ، މުޙައްމަދު ޔަޒީން (24އ) އެވެ.

އޭނާ ދެނެގަނެވިފައިވަނީ ފުލުހުން ރޭ އާންމުކުރި، މ.ގެދަ 3 ވަނަ ފަންގިފިލާއިން ވައްކަންކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ އެހީގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއެވެ.

އެގެއިން ވަގަށް ނަގާފައިވަނީ އެޗްޕީ ބްރޭންޑްގެ 12،000ރ. ގެ ލެޕްޓޮޕަކާއި 2،500ރ. ގެ ޑިޖިޓަލް ގުރުއާނަކާއި 1542ރ. ގެ ހާޑް ޑިސްކެއްގެ އިތުރުން ދެ ޕެން ޑްރައިވް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއެވެ.

މި މީހާއާ ބެހޭ މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުސް އޮފީހުގެ ނަމްބަރު 3322111 އަށް ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ނަމްބަރު 9631696 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.

ފަހުގެ