ޖިންސީ ގޯނާ ކުރުމަކީ މައްސަލައެއްތަ؟؟

ޖިންސީ ގޯނާ ކުރުން ފަހަކަށް އިސް އިތުރުވެގެން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރިނަމަވެސް ހަޤީގަތަކީ އެއް ނޫނެވެ. މިހާރަކަށް އައިސް ޖިންސީ ގޯނާގެ ވާހަކަ ދެކެވެމުން އަންނަނީ މީހުން އެކަމަށް ހޭލުންތެރިވަމުން އަންނަ މިންވަރު އިތުރުވަމުންދާތީކަން މިއަދު ޤަބޫލުކުރަންޖެހެއެވެ. ރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރު މިހާހިސާބަށް ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވަމުން އަންނަނީ ޤަބޫލުކުރަންވެސް ބައެއްފަހަރު ދަތިވާ މިންވަރަކަށެވެ.

ގަދަކަމުން ބަދުއަހުލާޤީ އަމަލް ހިންގުމާއި ކުޑަކުދިންނާމެދު ކުރެވޭ ޖިންސީ ގޯނާއާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ވާހަކަ ރާއްޖޭގައި މިފަހަކަށް އައިސް ގަދަވެފައި ވިޔަސް މިކަން ކަމަކީ ކޮންކަމެއް ވެގެން ހިނގާ ކަންކަންތޯ ބެލުމަށް ބޭނުންވާ އެއްވެސް ބަޔަކު އުޅޭހެން ހަމަ ހީވެސް ނުވެއެވެ. ކޮންމެ މީހަކުވެސް މިވާހަކަތައް އަޑުއަހާލުމުން އޮންނަނީ ނިމިފައެވެ. މިއީ ކިހާ ބޮޑު އިޖުތިމާއީ މައްސަލައެއްކަން ދަންނަނީ މަދު ބަޔެކެވެ. ރާއްޖޭގައި ފަހަކަށް އައިސް އެންމެ ބާޜަށް އިވޭ އަޑަކީ އަމިއްލަ އުފަން ދަރިންނާއެކު ނުވަތަ ކުޑަކުދިންނާމެދު ހިންގޭ ޖިންސީ ގޯނާގެ ވާހަކައެވެ. ޤާނޫނީ ގޮތުން ޖިންސީ ގޯނާ ކުރާ މީހާއަށް ދެވޭ އަދަބުތައް ކަނޑައެލި ބަޔާންވެގެންވާއިރުވެސް މިކަންކަމާ ދެކޮޅަށް ނުކުމެ އަޑުއުފުލާ މީހުންވެސް މިރާއްޖޭގައި ވަކި މަދެއް ނޫނެވެ. ސީދާ ނޫން ގޮތް ގޮތަށް ޖިންސީ ގޯނާ ކުރާ މީހާގެ ހިމާޔަތުގައި މަސައްކަތްކޮށް ވަކާލާތުކުރާ މީހުން މަދެކޭ ބުނެވޭކަށް ނެތެވެ.

ދާދިފަހުން އެންމެ ބޮޑަށް ފެންމަތިވި އެއް ވާހަކައަކީ ސިވިލްސާރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ފަހުމީ ހަސަން އެކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން އެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ހިންގެވި ކަމަށް ކަނޑައަޅައި މުހައްމަދު ފަހުމީ ހަސަން ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކޮށްލި ކުރުމެވެ. ޖިންސީ ގޯނާގެ ތުހުމަތުގައި މަޖިލީހުން މިނިވަން މުއައްސަސާއެއްގެ ވެރިއަކު މަޤާމުން ދުރިކުރި ފުރަތަމަ ފަހަރު ވެގެން ދިއައީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެންދާ ގިނަ އަންހެނުންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމަކަށެވެ. މިފަދަ މައްސަލަތައް ކުރިމަތިވެ ހާމަކުރަން ޖެހިލުންވެ ލަދުވެތިވެފައިވާ އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީން ފަހުމީގެ މައްސަލަބެލުމަށް ފަހު ނިންމާފައި ވަނީ ފަހުމީގެ މައްޗަށް ކުރާ ތުހުމަތަކީ، ނުހިނގާ ކަމަކަށް ވުރެ ބޮޑަށް ހިނގާފައިވާ ކަމެއްގެ ގޮތުގައި ފެންނަ ކަމަށެވެ. ގާނޫނު އަސާސީގައި ބުނަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރަކު މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ހިންގައިފި ކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އެ މެންބަރަކު މަގާމުން ވަކިކުރެވޭނެ ކަމަށެވެ. މިމޭރުމުން ފަހުމީ މަޤާމުން ދުރުކޮށްފައިވަނީ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓުންނެވެ.

އަޅުގަނޑު މި ރިޕޯރޓްގެ ކުރީކޮޅުގައި ފާހަގަކުރި ގޮތަށް ޖިންސީގޯނާގެ މައްސަލަ ބޮޑަށް ކުރިމަތިވެފައިވާ އަންހެނުންނަށް ދިމާވާ އެންމެ ބޮޑު ހިތްދަތިކަމަކީ ނުވަތަ ނުތަނަވަސް ކަމަކީ ޖިންސީ ގޯނާ ކުރާ މީހުންގެ ދިފާއުގައި ވަކާލާތުކުރާނެ މީހުން ގިނަކަމާއި އެފަދަ މީހުންގެ ނުފޫޒު ގިނަބައެއްގެ މައްޗަށް ފޯރުވަމުންދާ ކަމެވެ. ސީއެސްސީގެ ރައީސް ފަހުމީ މަޤާމުން ދުރުކުރިތާ ގިނަ ދުވަސްތަކެއް ނުވެ އިވިގެންދިޔައަޑަކީ ފަހުމީގެ މަޤާމު ދިފާއުކުރުމަށް ފަހުމީއަށް “ހެޔޮ” އެދޭ ބަޔަކު މަސައްކަތް ފެށިވާހަކައެވެ. އަދި އެމީހުންނަށް ލިބުނު ކުރިއެރުމުގެ ވާޙަކައެވެ. ފަހުމީއަށް އަލުން އަނބުރާ މަޤާމް ލިބެންއުޅޭ ވާޙަކައެވެ.

ފަހުމީގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ ފަހުމީ މަގާމުން ވަކިކުރި މައްސަލަ އޭނާ ހުށަހަޅުއްވަނީ ދުސްތޫރީ މައްސަލަތަކެއް ފާހަގަކުރައްވާފައި ކަމަށެވެ. ފަހުމީ ވަކިކުރި މައްސަލަ އަންނަ ހަފްތާގެ ހޯމަދުވަހުގެ 00: 14 ގައި ސްޕރީމް ކޯޓްގައި ބެލުމަށްވަނީ ތާވަލްކޮށްފައެވެ. ޕީޕީއެމްއިން މިމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިގެން ފަހުމީގެ މަޤާމު ދިފާއުކުރަން މަސައްކަތް ކުރުމުން ސުވާލު އުފެދެން ޖެހޭނެ އަންހެނުން ތިބޭނެބާ؟

ދިވެހިރާއްޖޭގެ ދިގު ތާރީހަށް ބަލާލުމުން ފެންނަނީ، ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެންވެސް ފާޅުކަންބޮޑު ގޮތެއްގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް އަމަލްތައް ހިންގުމުގައި ކުރިހޯދާފައިވާ ބައެއްގެ ގޮތުގައެވެ. ރަސްކަލުންގެ ހިސާބުން ފެށިގެން ރަށްފުށު މީހާ ހަމަޔަށެވެ. ބުނެވޭ ގޮތުގައި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަވަހާރަކޮށްލާފައިވަނީވެސް އެއްޖިންސުން ހިންގަމުންދިޔަ ގުޅުންތައް ހުއްޓުވަން މަސައްކަތް ފެށި ހިސާބުންނެވެ. ރާއްޖޭގެ ތާރީހީ ފަތްފުށްތަކުން ސައްހަ ލިއއުންތަކެއް ފެންނަން ނެތްކަމުގައި ވިޔަސް މިކަންކަން ދަންނަ މަދު މީހުން އަދިވެސް ރާއްޖޭގައި އުޅެމުންދެއެވެ.

އެއްޖިންސުން ގުޅުން ހިންގަމުން ހެދިބޮޑުވަމުންއައި މިމުޖުތަމައަކީ އޭރުވެސް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ނަން އޮންނަ ޤައުމެކެވެ. މިހާރުވެސް އެނަން އޮނަންނީ ހަމަ އޭރެކޭ އެއްފަދައިން ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޝޭހެއްގެ ލަޤަބް ލިބޭ އިރަށް ސިޔާސީވެ ހިތައް އެރި މީހަކު ލާދީނީ ކޮށްލުންވެސް މިއަދު މިވަނީ ޝޭހުންގެ އާދައަކަށް ވެފައެވެ. މިއަދުގެ ޝޭހުންގެ “ޓެގް” ޖަހައިގެން އުޅޭ މީހުންގެ ވާހަކަތައް ގިނަ ފަހަރަށް “ދީން” ހިމަނައިގެން ކޮންމެ ގޯސް ކަންތައް ރަނގަޅުވެސް ކުރަނީއެވެ. ރަނގަޅު ކަންތައް ނުބައިވެސް ކުރަނީއެވެ.

އަހަރެމެން އިންސާނުން އުޅެންވީ ރީތި އުސޫލުތަކާއި ހަމަތައް އުނގަންނައިދިނުމުގެ ގޮތުން އެއްވެސް ފަރަތާކަށް އެ ބަދަލުނުކުރެވޭނެ ވަރުގެ ޤާނޫނެއް އިލާހީ ނިއުމަތެއްގެ ގޮތުގައި ފޮނުއްވާފައިވަނިކޮށް އެޤާނޫނަށްވެސް އުޅެން އުނދަގޫވެގެން އަމިއްލައަށް ލުއި ގޮތްތަށް ހިމަނައި އުޅެންވީ ގޮތުގެ ޤާނޫނެއް ހަދައިގެންވެސް މިދަނީ އުޅެންވީ ގޮތް ހަމަ އެކަކަށްވެސް ނޭނގިއެވެ. މަގު އޮޅުވާލަނީއެވެ. މަގު ގެއްލޭ މީހާ ހަލާކުވާން ދޫކޮށްލަނީއެވެ.

މިރިޕޯރޓްގައި ބުނެދޭން މަސައްކަތް މިކުރަނީ، ދިވެހިންގެ ތެރެއިން ގިނަބަޔަކީ 2000 ގެ އަހަރުތައް ފެށިގެން އައި އިރުވެސް އެމީހެއްގެ އަމިއްލަ ވިސްނުމުގައި ކަންކަން ނިންމުމުގެ “ޤާބިލް”ކަން ނެތް ބައެއް ކަމެވެ. ދިވެހިންގެ ހޭލުންތެރިކަން ކަންކަމުގައި ހުރީ ވަރަށް ކުޑަ މިންވަރަކަށެވެ. “ވެރިން” ބުނާ ބަސް އަހައިގެން މަޑު މަޑުން ހަމަތިބީއެވެ. އެ ވެރިންނަކީ ތިމާއަށް އެހީތެރިކަމެއް ބޭނުންވާ ވަގުތު އެހީއެއްދީ ރަށްފުށުން ފެށިގެން ވަލިއްޔުލް އަމްރު އާއި ހަމައަށް ތިބިހާ ވެރިންނެކެވެ.

ޖިންސީ ގޯނާގެ ވާހަކަތަކުގެ އަޑު 2008 ން ފެށިގެން ދުވަހެއް ދުވަހަކަށް އަންނަނީ ގަދަވަމުންނެވެ. އެގޮތުން 2008 ގެ ޖެނުއަރީގައި މޯލްޑިވެސް ޕޮލިސް ސާރވިސްއަށް 22 މައްސަލަ ހުށަހެޅިފައިވެއެވެ. 2009 ޖެނުއަރީގައި 39 މައްސަލަ ހުށަހެޅުނެވެ. 2010 ވަނައަހަރުގެ ޖެނުއަރީގައި 43 މައްސަލަ ހުށަހެޅިފައިވާއިރު 2011 ވަނަ އަހަރުގެ ޖެނުއަރީގައި 59 އަދި 2012 ވަނަ އަހަރުގެ ޖެނުއަރީގައި 51 މައްސަލަ ހުށަހެޅި 2013 ވަނަ އަހަރުގެ ޖެނުއަރީގެ މިހާތަނަށް 19 މައްސަލަ ހުށަހެޅިފައިވެއެވެ. 2008 ވަނަ އަހަރު ޖިންސީ ގޯނާ ކުރުމުގެ 469 މައްސަލަ ޕޮލިހަށް ހުށަހެޅި 2009 ވަނަ އަހަރު 563 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި 2010 ވަނަ އަހަރު ނިމުނުއިރު 523 މައްސަލަ ހުށަހެޅުނެވެ. 2011 ވަނަ އަހަރު 642 މައްސަލަ ހުށަހެޅި 2012 ވަނަ އަހަރު 577 މައްސަލައެއް ހުށަހެޅިފައިވެއެވެ.

މަތީގާއި ހިމާނާފައިވާ ތަފާސް ހިސާބްތަކަށް ކުޑަކޮށް ވިސްނާލުމުން އެނެގެނީ ރައްޔިތުން ހޭލުންތެރިވާން ފަށާފައިވާ ކަމެވެ. ކަންކަމުގައި ގަންނަ ބިރު ފަހަނަޅައި ގޮސްފައިވާ ކަމެވެ. 2008 ވަނަ އަހަރުގެ ކުރީގެ ތަފާސް ހިސާބް ނުހިމެނި ނަމަވެސް އެނގޭ އެއްޗަކީ މީގެ މާކުރީ ޒަމާނުއްސުރެވެސް ޖިންސީ ގޯނާއަކީ ރާއްޖޭގައި ހިންގަމުން އަންނަ ޖަރީމާއެއް ކަމެވެ. އެހެން ނަމަވެސް މިވާހަކަތައް ދައްކަން ނުކެރިފަ، ވަރަށް ގިނަބަޔަކު ޖެހިލުންވެފަ ބިރުވެރިކަމެއްގެ ތެރޭގައި ތިބި ކަމެވެ.

ޖިންސީ ގޯނާ ޢާންމުވެގެން މީހުންނަށް އެނގި، އަޑުއިވެން ފެށުމުން މިޢަމަލު ހިންގާ މީޙުންނަށް ނުތަނަވަސްކަން ކުރިމަތިވާނެއެވެ. އެހެން ނަމަވެސް އެމީހުންގެ ދިފާއުގައި މާ “ނުފޫޒު” ގަދަ ބަޔަކު ނުކުންނަން ފެށީމަ އެމީހުންގެ ނުވަތަ މިފަދަ އަމަލު ހިންގަން އިތުރުބަޔަކަށް ހިތްވަރު ދެވެނީ ކަމަށް ޤަބޫލުކުރެވެއެވެ. ޤައުމުގެ ކަންކަން އިސްލާހުކުރުމަށް ކަމަށް ބުނެ ނުކުމެ އަޑުއުފުލާ ފަރާތްތައް ކަމަށްވާ “ޝޭހުން” ބުނަނީ އަންހެހެންވެރިންނަށް އެހެން ދިމާވަނީ އެމީހުން ފިރިހެނުންނެކޭ އެއްގޮތަށް އުޅެމުންދާތީ ކަމަށެވެ. އަންހެންވެރިން ގޭގައި ތިބޭނަމަ އެހެން ނުވާނެނެ ކަމަށެވެ. މީވެސް ގޮތެކެވެ. ބައެއް “ބޯދާ” ޝޭހުންގެ ވިސްނުމެވެ.

ދިވެހިންގެ ސަގާފަތާއި އިސްލާމްދީނާއި ގުޅުވައި، އިސްލާމީ ސަގާފަތަކީ ކޮބައިކަން އުނގަންނައި ނުދީ “ޝޭހުން” އެވެރިން އެވެރިންނަށް ހަޖޫޖަހައި އެކަކަށްވުރެ އަނެކަކު މޮޅުވާނެ ކަމަށް ދައުވާކޮށް ދީނީ ގޮތުން ދެއްކޭ ވާހަކަތައް ނޭނގޭ ހިސާބަށް ގޮސް ތިމާމެންގެ ޒިންމާތައް ހަނދާންނެތި މަގުފުރެދިގެން ދަނީ ވެރިކަމުގެ ދަހިވެތިކަމުގައެވެ. ދިވެހިރާއްޖޭގައި އިސްލާމްދީން މިހާ ދުވަސްވަންދެން އޮތީ އެއްވެސް ޕާޓީ އެއް ނުވަތަ ޖަމާއަތެއް އިސްލާމްދީން ހިމާޔަތް ކުރަން ބާއްވައިގެންނެއް ނޫންކަން ހުރިހާ ދިވެހިންވެސް ދަންނާނެއެވެ. އެހެން ނަމަވެސް އިސްލާމްދީން ހިމާޔަތަކުރަން ސިޔާސީ ޕާޓީއެއް ހެދުމުން ދެންވާނެ ގޮތް މިއަދު މިދަނީ ފެންނަމުންނެވެ. ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ގެއްލި ފިތުނަ ފަސާދަ މިދަނީ އުފައްދަމުންނެވެ.

އިޖުތިމާއީ ބޮޑެތި މައްސަލަތައް ހުރި އިރު، ދަރިންގެ އިއްފަތް ދަރިންގެ ބެލެނެވެރިން ނަގާލަމުންދާއިރު މިކަންކަން ނުދަންނަ، މިވާހަކަ ބޮޑު ކަމަކަށް ނުވާ ދީނީ ޢިލްމުވެރިންނަށް ދެން ކުރެވޭނީ ޤައުމަށް ވަކި ކޮން ކަމެއް ހެއްޔެވެ؟ އަންހެންކުދިންގެ އިއްފަތްތެރިކަން ނަގާލައި، ޖިންސީ ގޯނާ ކުރުމަކީ މިއަދު ދިވެހި ޤައުމުގައި އެއްވެސް މައްސަލައެއްހެން ގިނަ ބަޔަކު ޤަބޫލުކުރާހެން ހިޔެއް ނުވެއެވެ. އަދި މިފަދަ ވާހަކަތައް އަޑު އިވުމުން ހިނުންތުންވެލީމަ ނިމުނީއެވެ.

ފަހުގެ