ކުޑަކުއްޖަކާއެކު ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގި މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ކުޑަކުއްޖަކާއެކު ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ސ.ފޭދޫ، ޝަބްނަމްގެ މުޙައްމަދު ޒިހުނީ (35އ) ގެ މައްސަލައިގެ ތަޙްޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

މުޙައްމަދު ޒިހުނީގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 16 އަހަރުގެ އަންހެން ކުއްޖަކާއެކު އެކި ދުވަސްތަކުގެމަތިން ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގާފައިވާ ތުޙުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށްވެސް ޕޮލިސް ސާވިސް އިން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2012 ޑިސެމްބަރު 17 ވަނަދުވަހުއެވެ.

ފަހުގެ