ކުޑަކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ހޯރަ އިއްބެގެ މައްސަލަ ޕީޖީއަށް

ކުޑަކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ހއ.ހޯރަފުށި، ސޯސަންމާގެ އިބްރާޙީމް ރަޝީދު (45އ)ގެމައްސަލައިގެ ތަޙްޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު 6 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގަމުން ދިޔަ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވުނު ހޯރަ އިއްބެ މީގެ ދެ ދުވަސް ކުރިން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

އިބްރާހިމް ރަޝީދަކީ ކުރީގެ ސަރުކާރުގެ ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ ކަމުގެ މަޤާމް ފުރުއްވާފައިވާ މީހެކެވެ.

ފަހުގެ