ފީފާ ބެލޮންޑީ އެވޯޑް މެސީއަށް ލިބިއްޖެ

ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ފީފާ ބެލޮންޑީ އެވޯޑް ބާސެލޯނާއަށް ކުޅެމުންދާ އާޖެންޓީނާގެ ބައިނަލް އަޤްވާމީ ކުޅުންތެރިޔާ ލިއޮނަލް މެސީއަށް ލިބިއްޖެއެވެ.

ދާދި ދެންމެ އަކު މެސީ މި އެވޯޑް ހާސިލް ކުރީ ސްޕެއިން މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ އަދި ރެއާލް މެޑްރިޑުގެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާ ވާދަކޮށެވެ.

2010 ވަނަ އަހަރު އަހަރު ތައާރަފް ކުރި ފީފާ ބެލޮންޑީ އެވޯޑް ފާއިތުވެގެން ދިޔަ ދެ އަހަރުވެސް ކާމިޔާބު ކުރީ މެސީއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. މެސީ

    ކޮންގުރެޓްސް