ހޯރަ އިއްބެ ގޭ ބަންދަށް ބަދަލުކޮށްފި

އުމުރު 17 އަހަރުގެ ކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ގ. މާވަސް ގެއިން ހައްޔަރުކުރެވުނު އިބްރާހިމް ރަޝީދު ގޭ ބަންދަށް ބަދަލުކުރަން އަމުރުކުރީ އޭނާގެ ބަންދަށް ކުރިން ކޯޓުން ދީފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާތީ ރޭ ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.

އިބްރާހިމް ރަޝީދާ އެކު މިދިޔަ މަހު 6 ވަނަ ދުވަހު ހައްޔަރު ކުރެވުނު ކުއްޖާގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިބްރާހިމް ރަޝީދަކީ ކުރީގެ ސަރުކާރުގެ ރައީސް އޮފީހުގެ ކުރީގެ އަންޑަ ސެކްރެޓަރީ ކަމުގެ މަޤާމް ފުރުއްވާފައިވާ މީހެކެވެ.

ފަހުގެ