ހިންމަފުށީ މަސްފެކްޓަރީގައި އަލިފާން ރޯވެއްޖެ!!!

ކ. ހިންމަފުށީގައި ހުންނަ ބޮޑު ކަންނެލީގެ މަސައްކަތްކުރާ މަސްފެކްޓަރީގައި އަލިފާން ރޯވެ އަނދަމުންދާކަމަށް ޓައިމްސް އަށް މައުލޫމާތު ލިބިއްޖެ އެވެ

ހިންމަފުށީ ފަސްފެކްޓަރީގައި މިއަދު ހެނދުނު 10:00 ހާއިރު ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލުން ނެއްޓިފަ އެވެ. ހިންމަފުށީ ރައްޔިތުންނާއި، އެމްއެންޑީއެފް އަދި އެރަށާއި ކައިރީގައި ހުރި ބައެއް ރިސޯޓުތަކުން ދަނީ އަލިފާންގަނޑު ނިއްވުމަށް އެހީތެރިވަމުންނެވެ. ޓައިމްސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފްކްޓަރީގައި އަލިފާން ރޯވެފައިވަނީ، އެ ފެކްޓަރީ ކައިރީގައި ހުރި ތެޔޮ ފާޓާތަކެއްގައި ރޯވެގެނެވެ. އަލިފާންގަނޑު ނިއްވުމަށް މާލެއިން އިތުރު ސިފައިން ހިންމަފުއްޓަށް ގެންގޮސް އަލިފާން ގަނޑު ނިއްވުމުގެ މަސައްކަތް ކުރަންފައިށައިފި އެވެ.

ފުލުހުންގެ  ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ފަހުގެ