މަސްތުވާތަކެތި ގެންގުޅު 18 އަހަރުގެ އަންހެން ކުއްޖެއްގެ އާއިލާއިން އޭނާ ފުލުހުންނާއި ހަވާލުކޮށްފި

މަސްތުވާތަކެތި ގެންގުޅު 18 އަހަރުގެ އަންހެން ކުއްޖެއްގެ އާއިލާއިން އޭނާ ފުލުހުންނާއި ހަވާލުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 61 ރަބަރު ޕެކެޓާއެކު ދެ މީހަކު ގދ. ތިނަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 61 ރަބަރު ޕެކެޓްތައް ފެނިފައިވަނީ ތިނަދޫއިން ކާޑެއްދޫއަށް ފުރަންދިޔަ އަންހެން ކުއްޖެއްގެ ދަބަސްތެރޭގައި އޮތް ސިގިރޭޓް ފޮށްޓެއްގެ ތެރެއިންނެވެ. މި ސިގިރޭޓްފޮށި ފެނިފައިވަނީ މި އަންހެންކުއްޖާއާއެކު ފުރަން ކާޑެއްދޫއަށް ދިޔަ އޭނާގެ އާއިލާ މީހަކަށްވެސް ފުލުހުން ބުނެ އެވެ.

މިތަކެތި ފެނުމާއި ގުޅިގެން އެ އަންހެން ކުއްޖާވަނީ އިތުރު މީހަކާއެކު ކާޑެއްދޫއިން ތިނަދޫއަށް ފުރައިގެން ގޮސްފައެވެ. އަދި ސިގިރޭޓް ފޮށި ފެނުނު އެއަންހެން ކުއްޖާގެ އާއިލާގެ މީހާވަނީ އެތަކެތި ކާޑެއްދޫގައި މަސައްކަތްކުރާ ސިފައިންނާއި ހަވާލުކޮށްފައިވާކަމަށާއި، މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުރައިގެން ތިނަދޫއަށް ދިޔަ ދެމީހުން ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުން މި ދެމީހުން ހޯދާފައިވަނީ އެރަށު ގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ އެނެއް މީހަކީ އުމުރުން 22 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ވެބްސައިޓުގައި ބުނެފައިވެ އެވެ.

ފަހުގެ