އިންޑިޔާގެ ރޭޕް ކޭސް: ކިޑްނެޕްކޮށް ރޭޕްކޮށް މީހަކު މެރިކަމުގެ ދައުވާ ފަސް މީހުންގެ މައްޗަށް ކޮށްފި

މިދިޔަ މަހު 16 ވަނަ ދުވަހު އިންޑިޔާގެ ނިއުދިއްލީގައި ދުއްވަމުން ދިޔަ ބަހެއްގެ ތެރެއިން ރޭޕްކޮށްލި ހާދިސާގައި ކުށްވެރިވާ 6 މީހުންގެ ތެރެރިން ފަސް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅައިފިއެވެ.

މިއަދު ނިއުދިއްލީގެ ކޯޓަށް އެމައްސަލަ ބަލަމުންދާ ފުލުހުން ހުށަހެޅީ އެމީހުންގެ މައްޗައް ކިޑްނެޕާއި ރޭޕްކުރި މައްސަލައާއި މީހަކު މެރިކަމުގެ މައްސަލާގައި ދައުވާކޮށްދިނުމަށެވެ.

ދުއްވަމުން ދިޔަ ބަހެއްގައި އަނިޔާވެރިކޮށް ރޭޕްކޮށްލި ހާދިސާގައި ލިބުނު އަނިޔާއަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފްތާގައި މަރުވި 23 އަހަރުގެ ކުއްޖާގެ މައްސަލާގައި ފުލުހުން ހުށަހެޅި 5 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ކަމަށާއި 6 ވަނަ މީހާއަކީ ހަޤީޤީ އުމުރު ދެނެގަތުމަށް ބޯން މެރޯ ޓެސްޓެއް ހަދަމުންދާ ކަމަށް ނިއުދިއްލީގެ ފުލުހުން ހާމަކޮށްފައިވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހަފްތާ ތެރޭގައި މިމީހުންގެ ޝަރީއަތް ފެށޭނެއެވެ. މިމައްސަލައާ ގުޅިގެން ކުރި މުޒާހަރާތަކާއި އެކުއްޖާ މަރުވުމާއި ގުޅިގެން އިންޑިޔާ ސަރުކާރުން ބުނެފައިވަނީ 6 މީހުންގެ މައްޗަށްވެސް މަރުގެ ހުކުމް އިއްވާނެ ކަމަށެވެ.

ފަހުގެ