ވޮލްކޮޓް އާސެނަލާއެކު އާ އެއްބަސްވުމެއް ހަދަނީ

އިނގިރޭސިވިލާތުގެ ބައިނަލް އަޤްވާމީ ކުޅުންތެރިޔާ ތިއޯ ވޮލްކޮޓާއި އެކު އާ އެއްބަސްވުމެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް އާސެނަލަކުން ބުނެފިއެވެ.

މިސީޒަނާ އެކު މިހާރު އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ވޮލްކޮޓްގެ އެޖެންޓު މިހާރުވެސް އަންނަނީ އާސެނަލާ އެކު ވާހަކަ ދައްކަމުން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އާސެނަލާ ނިއުކާސަލް ބައްދަލުކުރި މެޗަށްފަހު ވާހަކަ ދައްކަމުން ވޮލްކޮޓް ބުނީ ވަރަށް އަވަހަށް ދެފަރާތުން އެއްބަސްވާ ގޮތެއް ހާމަވާނެ ކަމަށެވެ.

“އަހަރެން އަބަދުވެސް ބުނަން އާސެނަލްގައި މަޑުކުރަން ބޭނުމޭ.” ވޮލްކޮޓް ބުނެފައިވެއެވެ.

ވޮލްކޮޓާއި މެދު މިދިޔަ ހަފްތާގައި ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އަބަދުވެސް އެކުލަބުން ވޮލްކޮޓް ފެނުމަށް އެދޭ ކަމަށެވެ.

ވޮލްކޮޓް ވަނީ މިސީޒަނުގައި އާސެނަލްއަށް 14 ލަނޑު ޖަހާފައެވެ.

ފަހުގެ